ހުޅުމާލޭގައި ބާރުގަދަ ޑްރަގެއް ބޭނުންކުރި އަންހެނަކު އޯވަޑޯޒްވެގެން މަރުވެއްޖެއެވެ.
ރާއްޖެ އެމްވީގައި ރިޕޯޓްކޮށްފައިވާގޮތުގައި ރޭގެ ވަގުތެއްގައި މަރުވެފައިވަނީ އުމުރުން 27 އަހަރުގެ އަންހެނެކެވެ.
ފުލުހުންނާ ހަވާލާދީ ރިޕޯޓްކޮށްފައިވާގޮތުގައި މަރުވެފައި އޮތް އަންހެނަކު ހުކުރު ދުވަހުގެ ރޭ 9:30 ހާއިރު ހުޅުމާލެ ޓްރީޓޮޕް ހޮސްޕިޓަލަށް ގެންދިޔަ ކަމުގ މައުލޫމާތު އެ ހޮސްޕިޓަލުން ފުލުހުންނަށް ދީފައިވެއެވެ.
އިތުބާރު ހުރި މަސްދަރަކާއި ހަވާލާދީ ރާއްޖެއެމްވީން ރިޕޯޓްކޮށްފައިވާގޮތުގައި އެ އަންހެންމީހާ އޯވަޑޯޒްވީ ޕާޓީ ޑްރަގެއް ބޭނުންކުރުމުގެ ސަބަބުންނެވެ.
ޕާޓީ ޑްރަގަށް އޯވަޑޯޒްވެ އަންހެނަކު މަރުވެފައިވާއިރު މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި ޕާޓީ ޑްރަގް ބޭނުންކުރި އަންހެނަކާއި ފިރިހެނަކު ހުޅުމާލޭގައި މަރުވެފައި ވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް