ރިލްވާނަށް ވީ ގޮތް އެނގޭނެ ކަމުގެ ފުރިހަމަ އިތުބާރު އެބަ އޮތް ކަމަށް ހުސްނުއް ސުއޫދު ވިދާޅުވެއްޖެ

ވީނުވީއެއް ނޭނގި2014 ވަނަ އަހަރުގެ އޯގަސްޓު މަހުގެ 8 ވަނަ ދުވަހު ގެއްލިފައިވާ ކުރީގެ ނޫސްވެރިޔާ އަހުމަދު ރިލުވާންއަށްވީ ގޮތް އެނގޭނެ ކަމުގެ ފުރިހަމަ އިތުބާރު އެބައޮތް ކަމަށް މަރުގެ މައްސަލަތައް ބަލާ ރ...

12 Jan 2019 | 10:04

ވީނުވީއެއް ނޭނގި2014 ވަނަ އަހަރުގެ އޯގަސްޓު މަހުގެ 8 ވަނަ ދުވަހު ގެއްލިފައިވާ ކުރީގެ ނޫސްވެރިޔާ އަހުމަދު ރިލުވާންއަށްވީ ގޮތް އެނގޭނެ ކަމުގެ ފުރިހަމަ އިތުބާރު އެބައޮތް ކަމަށް މަރުގެ މައްސަލަތައް ބަލާ ރިޔާސީ ކޮމިޝަނުގެ ރައީސް ހުސްނުއް ސުއޫދު ވިދާޅުވެއްޖެ އެވެ.

ހުސްނުއް ސުއޫދު އިއްޔެ ކުރެއްވި ޓުވީޓެއްގައި، ރިލުވާން ގެއްލިގެން އޭގެ ހަގީގަތް ހޯދުމަށް 14 އޮގަސްޓް 2014 ވަނަ އަހަރު ކުރި ބޮޑު މުޒާހަރާގައި އެހި ސުވާލުތަކުގެ ޖަވާބު ލިބޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ވިދާޅުވިއެވެ.

ސުއޫދު މިހެން ވިދާޅުވެފައި ވަނީ އަނިޔާވެރި ރަހުމް ކުޑަގޮތަކަށް މަރާލައިފައި އޮއްވާ ފެނުނު އުނގޫފަރު ދާއިރާގެ ކުރީގެ މެމްބަރު އަފްރާޝިމް އަލީ އާއި، ބްލޮގަރު ޔާމީން ރަޝީދު އަދި ރިލްވާންގެ މައްސަލައިގައި ގުޅުން އެބަހުރި ކަމަށް ވެސް ދާދިފަހުން މަރުގެ މައްސަލަތައް ބަލާ ކޮމިޝަނުން ހާމަކުރައްވާފައި ވަނިކޮށެވެ.

މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަހުގީގު ކުރުމަށްޓަކައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ މިދިޔަ ނޮވެމްބަރު މަހު ކޮމިޝަނެއް އުފައްދާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް