ވިލިމާލޭގައި އަނެއްކާ އަލުން މީހުން ވަޅުލަން ފައްޓަން ނިންމާފައިވާ ކަމަށް މާލޭ ސިޓީ ކައުންސިލުން ވިދާޅުވެއްޖެއެވެ.
ރައީސް ޔާމީން ވެރިކަމަށް އެރުމުގެ ކުރިން ވިލިމާލޭ ސަހަރާގައި މީހުން ވަޅުލައި ހެދިއެވެ. ނަމަވެސް ކުރީގެ ރައީސް ޔާމީންގެ ސަރުކާރުގައި ވިލިމާލޭ ސަހަރާގައި މީހުން ވަޅުލުން ވަނީ ހުއްޓާލާފައެވެ.
ވިލިމާލޭ ހިނަވާގޭ ބޭނުން ނުކޮށް ގިނަ ދުވަސްވެފައި ހުރުމުގެ ސަބަބުން އެތަން ވަނީ ކޮންމެސް ވަރަކަށް މަރާމާތު ކުރަން ޖެހިފައެވެ. ވިލިމާލޭ ހިނަވާގޭ ބޭނުން ނުކުރާތާ މިހާރު ދެއަހަރާއި ބައި ވެދާނެއެވެ.
https://twitter.com/MaleCitymv/status/1083707859878268929?s=19
މާލޭ ސިޓީ ކައުންސިލުން ކުރެއްވި ޓުވީޓެއްގައި ބުނެފައިވަނީ ވިލިމާލޭ ހިނަވާގޭ ބޭނުންނުކޮށް ގިނަ ދުވަސް ވެފައި ހުރުމުން ކުރަންޖެހޭ ބައެއް މަރާމާތުތައް ކުރުމަށް ފަހު ވިލިމާލޭ ސަހަރާ ބޭނުންކުރަން ފަށާނެ ކަމަށެވެ. އިތުރަށް އެޓުވީޓުގައި ބުނެފައިވާ ގޮތުގައި ވިލިމާލޭ ސަހަރާ ވަނީ ބައެއް ހެޔޮއެދޭ ފަރާތްތަކުގެ އެހީއާއި އަދި ސިޓީ ކައުންސިލްގެ އެއްބާރުލުމާއެކު ސާފު ކޮށްފައި ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް