އާސަންދަ ކުންފުނިން ދެމުން އަންނަ ހުސްނުވާ އާސަންދައިގެ ހިދުމަތަށް މިއަދު ހަ ގަޑިއިރަށް ބުރޫއަރައިފިއެވެ.
މީޑިއާތަކަށް މައުލޫމާތު ދެއްވަމުން އާސަންދަ ކުންފުނީގެ މީޑިއާ އޮފިސަރު އާޝިޔާ ސޯލިހް ވިދާޅުވީ ހިދުމަތް ދިނުމުގައި މައްސަލަތަކެއް ދިމާވީ ފަތިހު 05:00 އިން ހެނދުނު 11:00 އަށް ކަމަށެވެ. ހިދުމަތް މެދުކެނޑުނީ ބައެއް ސަރަހައްދުތަކުގައި ކަމަށެވެ.
"ދިމާވި ޓެކްނިކަލް މައްސަލައަކާއި ގުޅިގެން ހުސްނުވާ އާސަންދައިގެ ހިދުމަތް ދިނުމުގައި މައްސަލަތަކެއް ދިމާވީތީ އާންމުންގެ ކިބައިން ނިހާޔަތަށް މާފަށް އެދެން" އާސަންދައިން ބުނެފައިވެއެވެ.
އާސަންދައިން ބުނެފައިވަނީ މިހާރު މައްސަލަ ވަނީ ހައްލު ކުރެވިފައިވަކަމށާއި އަދި މިފަދަ މައްސަލަތައް ތަކުރާރުވިޔަ ނުދިނުމަށް އާސަންދަ ކުންފުނިން އެޅެންހުރި ހުރިހާ ފިޔަވަޅެއް އަޅާނެކަމުގެ ފުރިހަމަ ޔަގީންކަން އަރުވާކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް