ރީތި ބީޗް ރިސޯޓްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

ބ.އަތޮޅުގައި ހިންގަމުން އަންނަ ރީތި ބީޗް ރިސޯޓުގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ. މީޑިއާތަކަށް މައުލޫމާތު ދެއްވަމުން އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު ކެޕްޓަން އިބްރާހިމް އާޒިމް ވިދާޅުވީ މ...

12 Jan 2019 | 07:15

ބ.އަތޮޅުގައި ހިންގަމުން އަންނަ ރީތި ބީޗް ރިސޯޓުގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.

މީޑިއާތަކަށް މައުލޫމާތު ދެއްވަމުން އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު ކެޕްޓަން އިބްރާހިމް އާޒިމް ވިދާޅުވީ މި ހާދިސާގެ ރިޕޯޓް އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސާވިސް އަށް ލިބިފައިވަނީ މިއަދު 11:34 ހާއިރު ކަމަށެވެ. ރޯވެފައިވަނީ ރިސޯޓްގެ އިންޖީނުގޭގައި އަދި ވޯކްޝޮޕްގައި ކަމަށެވެ.

އާޒިމް އިތުރަށް ވިދާޅވީ ރިސޯޓްގެ ފަޔަރ ޓީމް ކުރި މަސައްކަތުން އަލިފާންގަނޑު ވަނީ ކޮންޓްރޯލް ކޮށްފައި ކަމަށާއި މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވާކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް