ޕްރޮގްރެސިވް ކޯލިޝަންގެ ސައިކަލު ބުރު މިއަދު ކެންސަލް ކޮށްފި

ޕްރޮގްރެސިވް ކޯލިޝަނުން މިއަދު ބާއްވަން އޮތް ސައިކަލު ބުރި ކެންސަލްކޮށްފި އެވެ. އެ ކޯލިޝަނުން ބުނީ މި ހަރަކާތް މިއަދު ކެންސަލް ކުރީ މޫސުން ގޯސްވުމުވުގެ ސަބަބުން ކަމަށެވެ. ޕްރޮގްރެސިވް ކޯލިޝަންގެ ޒުވާނ...

11 Dec 2021 | 12:19

ޕްރޮގްރެސިވް ކޯލިޝަނުން މިއަދު ބާއްވަން އޮތް ސައިކަލު ބުރި ކެންސަލްކޮށްފި އެވެ.

އެ ކޯލިޝަނުން ބުނީ މި ހަރަކާތް މިއަދު ކެންސަލް ކުރީ މޫސުން ގޯސްވުމުވުގެ ސަބަބުން ކަމަށެވެ.

ޕްރޮގްރެސިވް ކޯލިޝަންގެ ޒުވާނުންގެ ގޮފިން އިސްނަގައިގެން މިއަދު ބޭއްވުމަށް މަސައްކަތް ކުރި ސައިކަލު ބުރު، އެހެން ދުވަހަށް ފަސްކޮށްފައިވާ އިރު، ސައިކަލްު ބުރި ބާއްވާނެ ވަކި ތާރީޚެއް ވަރަށް އަވަހަށް އިޢުލާނު ކުރާނެ ކަމަށް ވެސް އެ ކޯލިޝަނުން ބުނެ އެވެ.

މި ސައިކަލު ބުރަކީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމަށް ގޮވާލައި، ދިވެހި ޒުވާނުން ރާއްޖޭގައި އިންޑިޔާގެ މިލިޓަރީ ސިފައިން ތިބުމާއި ދެކޮޅުކަން ސަރުކާރަށް ހާމަކޮށްދިނުމަށް ބާއްވާ ހަރަކާތެކެވެ.

މީގެ އިތުރުން ރައީސް އަބްދުﷲ ޔާމީން މިނިވަން ވުމާއިގުޅުވައިގެން އެކަމުގެ އުފާ ވެސް ފާޅު ކުރާނެ ކަަމަށް އެ ކޯލިޝަނުން ވަނީ ބުނެފަ އެވެ.

ރާއްޖޭގެ މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް މެޓް އޮފީހުން މިހާރުވަނީ ނ. އަތޮޅުން ފެށިގެން އައްޑު ސިޓީ އާ ހަމަައަށް މިރޭ 10 ޖަހަންދެން ހުދު ސަމާލު ވެސް ނެރެފަ އެވެ.

މިއަދު ހެނދުނުން ފެށިގެން މާލެއަށް ބޯކޮށް ވާރޭ ވެހެމުން އަންނާތީ މާލޭގެ މަގުތަކުގައި ވަނީ ފެން ބޮޑުވެފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް