ހިމަންދޫގެެ ފެނާއި ނަރުދަމާ ނިޒާމުގެ މަސައްކަތް ރަސްމީކޮށް ފަށައިފި

އެމް.ޑަބްލިޔު .އެސް.ސީ އިން އއ. ހިމަންދޫގެ ފެނާއި ނަރުދަމާ ނިޒާމް ޤާއިމްކުރުމު ގެ ޢަމަލީ މަސައްކަތް އިފްތިތާޙްކޮށްފިއެވެ. މިމަޝްރޫޢު ގެ މަސައްކަތް އިފްތިތާޙް ކޮށްދެއްވާފައިވަނީ، ހިމަންދޫގައި މިއަދު ބޭ...

11 Dec 2021 | 11:10

އެމް.ޑަބްލިޔު .އެސް.ސީ އިން އއ. ހިމަންދޫގެ ފެނާއި ނަރުދަމާ ނިޒާމް ޤާއިމްކުރުމު ގެ ޢަމަލީ މަސައްކަތް އިފްތިތާޙްކޮށްފިއެވެ.

މިމަޝްރޫޢު ގެ މަސައްކަތް އިފްތިތާޙް ކޮށްދެއްވާފައިވަނީ، ހިމަންދޫގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި، އެމް.ޑަބްލިޔު .އެސް.ސީގެ މެނޭޖިންގް ޑިރެކްޓަރ އަލްފާޟިލް ހަސަން ޝާހު އާއި، އެމް.ޑަބްލިޔު .އެސް.ސީގެ ބޯޑް މެންބަރު އަލްފާޟިލް އިބްރާހިމް އަންވަރު އާއި، މަތިވެރި ދާއިރާގެ މެންބަރު އަލްފާޟިލް ޙަސަން ޒަރީރު އަދި ހިމަންދޫ ކައުންސިލްގެ ރައީސް އަލްފާޟިލް ހިޝާމް އިސްމާޢީލް އެވެ.

މި ރަސްމިއްޔާތު ގައި ފެން ކުންފުނީގެ މެނޭޖްމަންޓްގެ އިސް ބޭފުުޅުން ބައިވެރިވެ ވަޑައިގެންނެވި އެވެ.

އެމް.ޑަބްލިޔު.އެސް.ސީ އިން ވިދާޅުވީ ފެނުގެ ނިޒާމް ޤާއިމްކުރުމަށް ބޭނުންވާ ހޮޅިއާއި އެހެނިހެން ތަކެތި ހިމަންދޫ އަށް ފޮނުވައި، ހޮޅި ވަޅުލުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމުގައެވެ. އަދި ފެން ޕްލާންޓް ބެހެއްޓުމަށް އިމާރަތް ކުރާ ފެސިލިޓީ ބިލްޑިންގ އިމާރާތުގެ %45 މަސައްކަތް ވަނީ ނިމިފައި ކަމުގައި މަޢުލޫމާތު ދެއެވެ.

މި މަޝްރޫޢުގެ ދަށުން ހިމަންދޫ ގައި 6.35 ކިލޯމީޓަރުގެ ދިގު ފެން ހޮޅީގެ މައި ނެޓްވޯރކް ޤާއިމް ކުރުމާއި، އާރް.އޯ ފެސިލިޓީ ބިލްޑިންގ އިމާރާތް ކުރުމާއި، ފެން އުފެއްދުމަށްޓަކައި ދެ އާރް.އޯ ޕްލާންޓް ބެހެއްޓުމާއި ފެން ރައްކާކުރުމަށްޓަކައި 3 ތާންގި ބެހެއްޓުން ހިމެނެއެވެ.

މީގެ އިތުރުން، ގޭގޭ ގައި ފެންމީޓަރު ބަހައްޓައި، ފެނުގެ ކަނެކްޝަން ގުޅައިދީ، މި ގެތަކަށް ރައްކާތެރި ބޯފެން ފޯރުކޮށްދޭނެއެވެ.

މި މަޝްރޫޢު ގައި ހިމެނޭ ނަރުދަމާ ނިޒާމު ގެ މަސައްކަތް ގެ ދަށުން ހިމަންދޫގައި  5.31 ކިލޯމީޓަރުގެ ދިގު ނަރުދަމާގެ މައި ނެޓްވޯކް ޤާއިމްކުރުމާއި، 956 މީޓަރުގެ ޕަންޕިން ލައިން އެޅުމާއި 3 ޕަންޕިން ސްޓޭޝަނާއި ސީ އައުޓްފްލޯއެއް ޤާއިމްކުރުުމުގެ މަސައްކަތް ހިމެނެއެވެ. އަދި ގޭގޭ ގައި ޖަންކްޝަން ބަހައްޓައި، ނަރުދަމާ ކަނެކްޝަން ގުޅައިދީ، އެ ގެތަކަށް ނަރުދަމާގެ ޚިދުމަތް ފޯރުކޮށްދެވިގެން ދާނެއެވެ.

މީގެ އިތުރުން، ފެނާއި ނަރުދަމާ ނިޒާމް ހިންގާ ބެލެހެއްޓުމަށް ބޭނުންވާ ޖަނަރޭޓަރ ސެޓާއި ވެހިކަލް އަދި ފެން ތަޙުލީލު ކުރުމަށް ބޭނުންވާ ސަމާނު އެ މަޝްރޫޢުގެ ދަށުން ފޯރުކޮށްދެވޭނެ ކަމަށް އެމް.ޑަބްލިޔު.އެސް.ސީ އިން މަޢުލޫމާތު ދެއެވެ.

މިއީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން އެމް.ޑަބްލިޔު.އެސް.ސީ އާއި ހަވާލުކޮށްގެން ކުރިއަށް ގެންދާ 65.83 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް