މިދިޔަ މަހު ދައުލަތަށް ލިބުނު އާމްދަނީ 51 ޕަސެންޓު އިތުރުވެއްޖެ

މިދިޔަ މަހު ދައުލަތަށް ލިބުނު އާމްދަނީ އަންދާޒާ ކުރި ވަރަށްވުރެ51.8 ޕަސެންޓު އިތުރު ކަމަށް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ހާމަ ކޮށްފި އެވެ. މީރާއިން އާންމު ކުރި ތަފާސް ހިސާބު ދައް...

11 Dec 2021 | 11:04

މިދިޔަ މަހު ދައުލަތަށް ލިބުނު އާމްދަނީ އަންދާޒާ ކުރި ވަރަށްވުރެ51.8 ޕަސެންޓު އިތުރު ކަމަށް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ހާމަ ކޮށްފި އެވެ.

މީރާއިން އާންމު ކުރި ތަފާސް ހިސާބު ދައްކާގޮތުން ފައިސާއިން ބަލާއިރު މިދިޔަ މަހު ދައުލަތަށް1،24 ބިލިއަން ރުފިޔާ ލިބިފައިވެ އެވެ.

އޭގެ ތެރެއިން ގްރީން ޓެކްސް އާއި އެއާޕޯޓް ޓެކްސް އިތުރުވީ މި އަހަރުގެ އޮކްޓޯބަރު މަހު ރާއްޖެ އައި ޓޫރިސްޓުންގެ އަދަދު އިތުރުވުމާ ގުޅިގެން ކަމަށް މީރާއިން ބުންޏެވެ. އެގޮތުން މިދިޔަ އަހަރުގެ އޮކްޓޯބަރު މަހާ އަޅާ ބަލާއިރު މި އަހަރުގެ އޮކްޓޯބަރު މަހު އައި ޓޫރިސްޓުންގެ އަދަދު ވަނީ ހަތް ގުނަ އިތުރުވެފަ އެވެ.

މީރާގެ ތަފާސްހިސާބު ދައްކާ ގޮތުގައި މިދިޔަ މަހު އެންމެ ބޮޑު އާމްދަނީއެއް ލިބުނީ ޖީއެސްޓީންނެވެ. އެއީ 773.23 މިލިއަން ރުފިޔާ އެވެ. އަދި އިންކަމް ޓެކްސްގެ ގޮތުގައި 80.99 މިލިއަން ރުފިޔާ ލިބުނު އިރު، ލީސް އެކްސްޓެންޝަންގެ ގޮތުގައި 76.60 މިލިއަން ރުފިޔާ، ގްރީން ޓެކްސްގެ ގޮތުގައި 75.40 މިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ.

މިދިޔަ މަހު ލިބުނު އާމްދަނީގެ ތެރޭގައި 51.31 މިލިއަން ޑޮލަރު ހިމެނެ އެވެ. މިދިޔަ މަހު ދައުލަތަށް ލިބުނު އާމްދަނީ އަކީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހާއި އަޅާ ބަލާއިރު168.4 ޕަސެންޓު އިތުރު އަދަދެކެވެ.

މިދިޔަ އަހަރުގެ ނޮވެމްބަރު މަހާ އަޅާ ބަލާއިރު މިދިޔަ މަހު ލިބުނު އާމްދަނީ އިތުރުވީ އިންކަމް ޓެކްސް އާއި ޓޫރިޒަމް ބިމު ކުއްޔާއި ޖީއެސްޓީ އާއި ގްރީން ޓެކްސް އަދި އެއާޕޯޓް ޓެކްސް އިތުރުވުމުގެ ސަބަބުންނެވެ. މީގެ އިތުރުން މިދިޔަ މަހު ލީސް އެކްސްޓެންޝަން ފީ ވެސް މީރާއަށް ވަނީ ލިބިފަ އެވެ. މިއީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހު އެ އިދާރާއަށް ނުލިބޭ ފީއެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް