ހަނިމާދޫން އިތުރު 14 ފަރާތަކަށް ކޮވިޑް ޖެހިއްޖެ

ހދ. ހަނިމާދޫން އިތުރު 14 ފަރާތެއް ކޮވިޑް 19 އަށް ޕޮޒިޓިވް ވެއްޖެއެވެ. ހަނިމާދޫ ސިއްހީ މަރުކަޒުން ހާމަކޮށްފައިވާ ގޮތުގައި މި ބައްޔަށް ޕޮޒިޓިވްވެފައި މި ވަނީ 9 ޑިސެމްބަރ 2021 ގައި ނެގުނު 84 ސާމްޕަލް ގެ ...

11 Dec 2021 | 09:55

ހދ. ހަނިމާދޫން އިތުރު 14 ފަރާތެއް ކޮވިޑް 19 އަށް ޕޮޒިޓިވް ވެއްޖެއެވެ.

ހަނިމާދޫ ސިއްހީ މަރުކަޒުން ހާމަކޮށްފައިވާ ގޮތުގައި މި ބައްޔަށް ޕޮޒިޓިވްވެފައި މި ވަނީ 9 ޑިސެމްބަރ 2021 ގައި ނެގުނު 84 ސާމްޕަލް ގެ ތެރެއިން 14 ސާމްޕަލް ކަމަށެވެ.

މި 14 ފަރާތްތަކުގެ ތެރޭގައި ސްކޫލް ދަރިވަރުން ހިމެނެއެވެ. ހަނިމާދޫ ސިއްހީ މަރުކަޒުން 84 ސާޕަލް ނެގުކަން ހާމަކޮށްފައި ވާއިރު އެއީ ކިހިނެއް ނެގުނު ސާމްޕަލް ތަކެއް ކަން ހާމަކޮށްފައި ނުވެއެވެ.

މިވަގުތު ހަނިމާދޫގައި ބަލިޖެހިފައި ތިބި މީހުންގެ ޖުމްލަ އަދަދަކީ 38 އެވެ.

ހަނިމާދޫން މިފަހަރު ކޮވިޑް 19ގެ ކޭހެއް ފެނިފައި ވަނީ މިމަހުގެ 6 ވަނަ ދުވަހުއެވެ. އޭގެފަހުން ކޮންމެ ދުވަހަކު ދަނީ ކޮވިޑް ކޭސްތައް ހަނިމާދޫން ފެންނަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް