މުޅި ދުނިޔޭގައި ވެސް ސިއްހީ ދާއިރާއިން އެންމެ ކުރި އަރައިފައިވާ ޤައުމުތަކުގެ ތެރޭގައި ހިމެނޭ ކިއުބާއިން ރާއްޖޭގެ ސިއްހީ ނިޒާމް ހަރުދަނާ ކުރުމަށްޓަކައި ކިއުބާގެ ހެލްތް މިނިސްޓްރީ އާއި އެކު ރާއްޖޭގެ ހެލްތް މިނިސްޓްރީން އެއްބަސް ވުމެއް ގައި ސޮއި ކޮށްފިއެވެ.
މި އެއްބަސްވުމުގެ ދަށުން ކިއުބާއިން ރާއްޖޭގެ ޕްރައިމަރީ ހެލްތު ކެއާގެ ނިޒާމް އިތުރަށް ހަރުދަނާކުރުމަށް އެހީތެރިވެދީ އަދި ރާއްޖޭގެ ސިއްހީ ދާއިރާއަށް ބޭނުންވާ ފަންނީ ގާބިލު މީހުން ކިއުބާއިން ރެކްރޫޓްކުރުމަށް އެހީތެރިވެދޭނެ އެވެ.
މީގެ އިތުރުން ގައިން ގަޔަށް ނާރާ ބަލިތަކާއި އަދި ގައިން ގަޔަށް އަރާ ބަލިތަކާ މެދު ހޭލުން ތެރިކުރުވުމުގެ ޕްރޮގްރާމްތައް ހިންގުމަށް އެހީތެރިވެދޭނެ އެވެ.
މި އެއްބަސްވުމުގައި ކިއުބާގެ ފަރާތުން ސޮއިކުރެއްވީ ކިއުބާގެ ހެލްތު މިނިސްޓަރު ހޯސޭ އޭންޖަލް ޕޯޓަލް މިރަންޑާ އެވެ.
މި އެއްބަސްވުމުގައި ރާއްޖެއިން ސޮއިކުރެއްވީ ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޝާހު މާހިރު އެވެ. މި އެއްބަސް ވުމުގައި ސޮއި ކުރެވުނީ މި މަހުގެ 7 ވީ އަންގާރަ ދުވަހުއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް