ކޯވިޑަށް ފަރުވާ ދެމުން ދިޔަ މިހަކު އައްޑޫއިން މަރުވެއްޖެ

ކޯވިޑް ފަރުވާ ދެމުން ދިޔަ އިތުރު މީހަކު މަރުވެއްޖެ އެވެ. އެޗްޕީއޭއިން ބުނީ މަރުވީ އުމުރުން 83 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. އެމީހާ މަރުވި އިރު ފަރުވާ ދެމުން ދިޔައީ އައްޑޫ ކޯވިޑް މެނޭޖްމެންޓު ފެ...

11 Dec 2021 | 09:38

ކޯވިޑް ފަރުވާ ދެމުން ދިޔަ އިތުރު މީހަކު މަރުވެއްޖެ އެވެ.

އެޗްޕީއޭއިން ބުނީ މަރުވީ އުމުރުން 83 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. އެމީހާ މަރުވި އިރު ފަރުވާ ދެމުން ދިޔައީ އައްޑޫ ކޯވިޑް މެނޭޖްމެންޓު ފެސިލިޓީގައި އެވެ.

އެމީހާ މަރުވީ ރޭ މެންދަމު 3:00 ގައި އެވެ. މިއީ އައްޑޫއިން ކޯވިޑް ޖެހިގެން މަރުވި 12 ވަނަ މީހާ އެވެ.

އިއްޔެވެސް ކޯވިޑް ޖެހިގެން މީހަކު މަރުވެފައިވެ އެވެ. ރާއްޖެއިން ކޯވިޑް ޖެހިގެން މިހާތަނަށް 257 މީހުން މަރުވެފައިވެ އެވެ.

އައްޑޫގެ ކޯވިޑް ހާލަތަށް ބަލާއިރު އިއްޔެވެސް 17 މީހުންނަށް ކޯވިޑް ޖެހުނެ އެވެ. އެ ސިޓީގައި މިވަގުތު ކޯވިޑް ޖެހިފަ ތިބި 154 މީހުން އެބަތިއްބެވެ.

ރާއްޖެއިން މިހާތަނަށް ކޯވިޑް ޖެހިފައިވަނީ 92،846 މީހުންނަށެވެ. އޭގެ ތެރެއިން 90،776 މީހުން ވަނީ ރަނގަޅުވެފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް