ކަރީނާއަށް ދުވަސްތައް ދިޔަގޮތްވެސް ނޭނގި ހުއްޓަ ހަގު ދަރިފުޅު ކޮޅަށް ތެދުވަން ފަށައިފި!

ބޮލީވުޑްގެ ބަތަލާ ކަރީނާ ކަޕޫރާއި ސައިފް އަލީ ހާންގެ ހަގު ދަރިފުޅު ޖޭހް އަލީ ހާން “ޖޭ” ކޮޅަށް ތެދުން ފަށައިފި އެވެ. ދެމަފިރިންނަށް ޖޭ ލިބުނީ މިއަހަރުގެ ފެބްރުއަރީ މަހުގެ21 ވަނަ ދުވަހު އެވެ. ދަރިފުޅުގެ...

11 Dec 2021 | 08:03

ބޮލީވުޑްގެ ބަތަލާ ކަރީނާ ކަޕޫރާއި ސައިފް އަލީ ހާންގެ ހަގު ދަރިފުޅު ޖޭހް އަލީ ހާން “ޖޭ” ކޮޅަށް ތެދުން ފަށައިފި އެވެ.

ދެމަފިރިންނަށް ޖޭ ލިބުނީ މިއަހަރުގެ ފެބްރުއަރީ މަހުގެ21 ވަނަ ދުވަހު އެވެ. ދަރިފުޅުގެ ނަމާއި މޫނު މީޑިއާއަށް ސިއްރުކޮށްގެން އުޅުމަށް ފަހު ފުރަތަމަ ފަހަރަށް ދައްކާލީ މިދިޔަ ސެޕްޓެމްބަރު މަހު ރާއްޖެއަށް ސައިފްގެ އުފަންދުވަސް ފާހަގަ ކުރަން ކުރި ދަތުރުގައި އެވެ.

ކަރީނާ މި ފަހުން އިންސްޓަގްރާމްގައި ކޮށްފައިވާ ޕޯސްޓެއްގައި ފެންނަނީ ޖޭ ކަބަޑެއްގައި ހިފަހައްޓައިގެން އަމިއްލައަށް ތެދުވަން މަސައްކަތް ކުރާތަނެވެ. އެ ފޮޓޯގެ ކެޕްޝަންގައި ބުނެފައިވަނީ އޭނާއަށް ދައްކާލުމަށް އަމިއްލައަށް ތެދުވަން މަސައްކަތް ކުރަނީ ކަމަށާއި ދުވަސްތައް ދާގޮތްވެސް ނޭނގޭ ކަމަށެވެ.

ކަރީނާ އަކީ ދަރިން ކުރާ ކަންތައްތައް އަދި ވަގުތު ހޭދަ ކުރާ ގޮތް އިންސްޓަގްރާމްގައި ގަވައިދުން ހިއްސާ ކުރާ ތަރިއެކެވެ. އަދި އޭނާ އަކީ ދޮށީ ދަރިފުޅު ތައިމޫރު އަލީ ހާންއަށް އެންމެ އާދައިގެ މީހުންގެ ދިރިއުޅުމުގައި ކުރަންޖެހޭ ބުރަ މަސައްކަތްތައްވެސް ތައިމޫރުގެ އުމުރާއި ގުޅޭ ގޮތަށް ދަސްކޮށްދޭ މީހެކެވެ.

https://www.instagram.com/p/CXP3uuHovla/

ކަރީނާގެ މި ފޮޓޯއަށް އާއިލާ އާއި ބޮލީވުޑްގެ ގިނަ ތަރިންތަކެއް ވަނީ ކޮމެންޓު ކޮށްފަ އެވެ. އޭގެ ތެރޭގައި ދައްތަ ކަރިޝްމާ ކަޕޫރާއި، ބެސްޓު ފްރެންޑު އަމްރިތާ އަރޯރާ އާއި އޭނާގެ މެނޭޖަރު ޕޫނަމް ދަމަނިއާ ހިމެނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް