އިލެކްޝަންސް ކޮމިޝަންގެ ކުރީގެ ރައީސް އަހުމަދު ޝަރީފާއި ގުޅޭގޮތުން ކުރީގެ ރައީސް އަބްދުﷲ ޔާމީން ދެއްކެވި ވާހަކަފުޅުތަކަށް ހޫނު ރައްދެއް ދެއްވައިފި އެވެ.
ރޭ އިދިކޮޅު ޕީޕީއެމް/ ޕީއެންސީން ބޭއްވި "ކޮތަރުކޮށި ޖަލްސާ" ގައި ވާހަކަފުޅު ދައްކަވަމުން ޔާމީން ވިދާޅުވީ ޝަރީފަކީ2018 ގެ ރިޔާސީ އިންތިހާބު އޮޅުވާލިކަން އަސްކަރިއްޔާގެ ވެރިންނާއި މުއައްސަސާތަކުގެ ވެރިންނަށް އެނގިވަޑައިގެންނަވާނެ ކަމަށެވެ. އަދި އޭގެ ތެރޭގައި ޝަރީފުގެ ނަން ގެންނަނީ ޒިކުރާ ގޮތަށް ކަމަށާއި ޝަރީފަކީ މީހުންގެ ތެރޭގައި ހުރި ޚާއިނުންގެ ތެރެއިންވެސް އަރާ ހުރި ޚާއިނެއް ކަމަށެވެ.
މި ވާހަކަފުޅަށް ރައްދު ފދެއްވައި ޝަރީފު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރައްޔިތު އެންމެން ކުރިމަތީ ވޯޓު ލައި ވޯޓު ގުނައި ސާފު ވޯޓަކުން ބަލިވީމަ ބަލި ގަބޫލު ކުރަން ޖެހޭ ކަމަށެވެ. އެކަމަކު ބަލި ގަބޫލު ނުކޮށް ޕޯޑިއަމްއަށް އަރައި ހުންނަވައި މާ ކޫލް ކަމެއް ކަމަށް ހީކޮށް ވާހަކަފުޅުދެއްކެވީ ތަންދޮރު ނުދަންނަ ޖާހިލެއްހެން ކަމަށެވެ.
ޝަރީފު ވިދާޅުވީ އެފަދަ ގޮތަކަށް ހިތައް އެރި އެއްޗެއް ކިޔުމަކީ ރައީސްކަން ކުރައްވާފައިވާ ބޭފުޅަކު ކުރަން މާ ރީތި ކަމެއް ނޫން ކަމަށެވެ.
https://twitter.com/ShareefRangondi/status/1469548402912288780
2018 ގެ އިންތިހާބަށް ފަހު އިދިކޮޅު ޕީޕީއެމްއިން ވަނީ ޝަރީފާއި ދެކޮޅަށް ވަރުގަދަ ކެމްޕެއިން ތަކެއް ކޮށްފަ އެވެ. އަދި އިންިހާބުގެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅި ނަމަވެސް ނަތީޖާ ބަދަލުވާވަރުގެ ކަމެއް ނެތް ކަމަށް ސުޕްރީމް ކޯޓުން ހުކުމް ކޮށްފައިވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް