އަސްކަރިއްޔާ އާއި މުއައްސަސާތަކުގެ އިސްވެރިންނަށް ޔާމީންގެ ބޮޑެތި ތުހުމަތުތަކެއް!

އަސްކަރިއްޔާ އާއި ދައުލަތުގެ މުއައްސަސާތަކުގައި2018 ވަނަ އަހަރު ތިއްބެވި އިސްވެރިންނަށް ކުރީގެ ރައީސް ޔާމީން ބޮޑެތި ތުހުމަތުތަކެއް ކުރައްވައިފި އެވެ. އިދިކޮޅު ޕީޕީއެމް/ ޕީއެންސީން ކާނިވަލުގައިގައި ބޭއ...

11 Dec 2021 | 06:49

އަސްކަރިއްޔާ އާއި ދައުލަތުގެ މުއައްސަސާތަކުގައި2018 ވަނަ އަހަރު ތިއްބެވި އިސްވެރިންނަށް ކުރީގެ ރައީސް ޔާމީން ބޮޑެތި ތުހުމަތުތަކެއް ކުރައްވައިފި އެވެ.

އިދިކޮޅު ޕީޕީއެމް/ ޕީއެންސީން ކާނިވަލުގައިގައި ބޭއްވި "ކޮތަރު ކޮށި ޖަލްސާ" ގައި ވާހަކަފުޅުދައްކަވަމުން ޔާމީން ވިދާޅުވީ2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ނަތީޖާ އޮޅުވާލިކަން އޭރުގެ މުއައްސަސާތަކުގެ ވެރިންނާއި އަސްކަރިއްޔާގެ އިސް ބޭފުޅުންނަށް އެނގިވަޑައިގެންނަވާނެ ކަމަށެވެ. ޔާމީން ވިދާޅުވި ގޮތުގައި ޕީޕީއެމް ވެރިކަމަށް އަންނަ ދުވަހަކުން އެކަމުގެ ހަގީގަތް އެނގޭނެއެވެ.

އެމަނިކުފާނު ވިދާޅުވީ އެ ބޭފުޅުން މިއަދު ރައްޔިތުންނަށް ޖަވާބުދާރީ ވާން ޖެހޭނެ ކަމަށެވެ. އޭގެ ތެރެއިން ރޭގެ ޖަލްސާގައި ޔާމީން ފާހަގަ ކުރެއްވީ އިލެކްޝަންސް ކޮމިޝަނުގެ އޭރުގެ ރައީސް އަހުމަދު ޝަރީފުގެ ނަންފުޅެވެ.

ޔާމީން ވިދާޅުވީ އެ ޗަރުކޭސްތައް ފެށުނީ 2018 ގައި ދއިންތިޚާބުން ބަލިނުވާނެކަން ޔަގީންވި ހިސާބުން ކަމަށެވެ. ރައީސް ޔާމީން ވިދާޅުވީ އޭގެ ތެރޭގައި އީސީ ޝަރީފުގެ ނަން ގެންނަނީ ޒިކުރާ ގޮތަށް ކަމަށާއި ޝަރީފަކީ މީހުންގެ ތެރޭގައި ހުރި ޚާއިނުންގެ ތެރެއިންވެސް އަރާ ހުރި ޚާއިނެއް ކަމަށެވެ.

ޔާމީން ވިދާޅުވީ ވެރިކަން ބަދަލުވެ ދިޔަ ގޮތާއި އިންތިޚާބުގައި އޮޅުވާލި ކަން ދައުލަތުގެ މުއައްސަސާތަކުގެ ވެރިންގެ ގޮތުގައި ތިއްބެވި ބޭފުޅުންނަށް ވަރަށް ސާފުކޮށް އެނގިވަޑައިގަންނަވާނެ ކަމަށެވެ. ހާއްސަކޮށް އަސްކަރިއްޔާގައި އިސްކޮށް ތިއްބެވި ބޭފުޅުންގެ ދައުރު އެކަމުގައި ބޮޑު ކަަމަށް ޔާމީން ވިދާޅުވިއެވެ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް