އަދުރޭ ރައީސް ސާލިހް އަށް ލަދު ހަޔާތަށް ގޮވާ، އިންޑިއާ އައުޓް ކެމްޕޭން ނުހުއްޓުވޭނެ ކަމަށް ބުނެފި

ރައީސް އިބްރާހިމް މުހައްމަދު ޞާލިހް އަށް ލަދު ހަޔާތަށް ގޮވާ، އިންޑިއާ އައުޓް ކެމްޕޭން ނުހުއްޓުވޭނެ ކަމަށް ޕީއެންސީގެ ލީޑަރު އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ. ޕީއެންސީގެ ލީޑަރު އަދި ކުރީގެ ރައީސ...

11 Dec 2021 | 06:14

ރައީސް އިބްރާހިމް މުހައްމަދު ޞާލިހް އަށް ލަދު ހަޔާތަށް ގޮވާ، އިންޑިއާ އައުޓް ކެމްޕޭން ނުހުއްޓުވޭނެ ކަމަށް ޕީއެންސީގެ ލީޑަރު އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.

ޕީއެންސީގެ ލީޑަރު އަދި ކުރީގެ ރައީސް ޔާމީން އާއި އެންމެ އަރިސް އެއްފަރާތް ކަމުގައިވާ އަދުރޭ އެހެން ވިދާޅުވެފައި ވަނީ ރާއްޖޭގެ ސިޔާދަތު ރައްކާތެރި ކުރުމަކީ މަސްދޯންޏަކަށް ވުރެ ޑްރަގް ބޯޓު ފަހަރު ގިނަވާން ދޫކޮށްލުން ނޫން ކަމަށާއި އެ ކަންކަމުން ރައްކާތެރި ވުމަށްޓަކައި ރާއްޖެއާއި އަވަށްޓެރި ޤައުމުތަކުން އެހީތެރިކަން ލިބުމަކީ ކުށްވެރިންނަށް ކެތް ވާނެ ވަރުގެ ކަމެއް ނޫން ކަމުގައި ވިދާޅުވެ، އިދިކޮޅުގެ އިންޑިއާ އައުޓް ކެމްޕޭނަށް ރައީސް ޞާލިހް ފާޑު ވިދާޅުވެފައި ވާތީވެ އެކަމަށް އިޝާރަތްކޮށެވެ.

ރައީސް ޞާލިހް އެހެން ވިދާޅުވީ މިއަހަރުގެ މަސްވެރިންގެ ދުވަސް ރަސްމީގޮތެއްގައި ފާހަގަ ކުރުމަށް ކ. ގާފަރުގައި އިއްޔެ ބޭއްވި ޖަލްސާ ގައި ވާހަކަ ފުޅު ދައްކަވަމުންނެވެ.

އެގޮތުން ރައީސް އެކަން ފާހަގަ ކުރައްވާ އެހެން ވިދާޅުވި އިރު، ރާއްޖޭގައި ތިބޭ އިންޑިއާގެ ސިފައިން ބޭލުމަށް ގޮވާލާ، ގުޅިފައިވާ އިދިކޮޅު ކޯލިޝަން (ޕީޕީއެމް، ޕީއެންސީ) އިން ދަނީ އިންޑިއާ އައުޓްގެ ނަމުގައި ހަރަކާތެއް ހިންގަމުންނެވެ.

މި ހަރަކާތުގައި އިސް ކޮށް ހަރަކާތް ތެރިވަނީ ކުރީގެ ރައީސް އަދި އިދިކޮޅު ޕީޕީއެމްގެ ލީޑަރު އަބްދުﷲ ޔާމީން އެވެ.

މިގޮތުން އަދުރޭ މިއަދު ކުރެއްވި ޓްވީޓްގައި ވިދާޅުވީ، ރައީސް ޞާލިހް ރުޅި އައިސްގެން ދެފައި ތުރުތުރު އަޅާވަރުން ކޮޅަށް ނުހުރެވުނަސް އިންޑިއާ އައުޓް ކެމްޕޭން ދާނީ ކުރިއަށް ކަމުގައެވެ. އަދި އެއީ ދިވެހި ރައްޔިތުންގެ ކެމްޕެއިނެއް ކަމުގައި ވިދާޅުވެފައި ވެއެވެ.

މީގެ އިތުރުން، ރައްޔިތުންނަކީ ކުށްވެރިން ކަމުގައި ރައީސް ޞާލިހް ބުނުމަކުން ހައިރާނެއް ނުވާ ކަމުގައި ބުނެފައި ވެއެވެ. އަދި 19 ދިވެހިން ޝަހީދުކޮށްލީ ރައީސް ޞާލިހްގެ ބަފައިބެ އިސްވެ ހުރެ ކަމުގައި ވިދާޅުވެ، އެ މަނިކުފާނުގެ ލަދު ކޮބައިތޯ ސުވާލު ކުރައްވާފައި ވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް