މާލެ ފޮނުވަން ހިތަދޫ ޕޮލިސް ސްޓޭޝަންގައި ބަހައްޓާފައިހުރި މީހަކު ފިލައިފި

މާލެ ފޮނުވަން ހިތަދޫ ޕޮލިސް ސްޓޭޝަންގައި ބަހައްޓާފައިހުރި މީހަކު ފިލައިފިއެވެ. ފުލުހުންގެ ތަރުޖަމާން ވިދާޅުވީ އައްޑޫ ސިޓީ ހިތަދޫ ޕޮލިސް ސްޓޭޝަނުގެ ބަންދުގައި ހުރި މީހަކު ފިލާފައިވާ ކަމަށެވެ. އަދި އޭނާ...

11 Dec 2019 | 14:47

މާލެ ފޮނުވަން ހިތަދޫ ޕޮލިސް ސްޓޭޝަންގައި ބަހައްޓާފައިހުރި މީހަކު ފިލައިފިއެވެ.

ފުލުހުންގެ ތަރުޖަމާން ވިދާޅުވީ އައްޑޫ ސިޓީ ހިތަދޫ ޕޮލިސް ސްޓޭޝަނުގެ ބަންދުގައި ހުރި މީހަކު ފިލާފައިވާ ކަމަށެވެ. އަދި އޭނާ ފިލީ މިއަދު މެންދުރު ފަހުގެ ވަގުތެއްގައި ކަމަށެވެ.

އޭނާ އަކީ ވައްކަމުގެ މައްސަލައެއްގައި ހުކުމް ތަންފީޒު ކުރަން މާލެ ފޮނުވަން މިދިޔަ ހޯމަ ދުވަހު ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި އުނުރުން 34 އަހަރުގެ ފިރިހެނެއް ކަމަށްވެސް މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.

އޭނާ ހޯދުމުގެ މަސައްކަތް ފުލުހުން މިހާރު އަންނަނީ ކުރަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް