"ފަންހާމަހާއި ޕްލާސްޓިކު ކޮތަޅު"ގެ ނަމުގައި އީގާން ބަދީއު ބާއްވާ ކޮންޓެމްޕޮރަރީ އާރޓް އެގްޒިބިޝަން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިއަދު ބައްލަވާލައްވައިފިއެވެ.
މި ޑިސެމްބަރުމަހުގެ 7 އިން 11 އަށް ނެޝަނަލް އާރޓް ގެލެރީގައި ކުރިޔަށްދާ މި އެގްޒިބިޝަންގައި ފެންކުލައިން ކުރަހާފައިވާ 11 ކުރެހުމަކާއެކު ޖުމްލަ 30 ކޮންޓެމްޕޮރަރީ އާރޓްޕީސް ވަނީ ދައްކާލާފައެވެ.
ބައެއް އާރޓްޕީސް ތައްޔާރުކުރުމުގައި ޕްލާސްޓިކްވެސް ބޭނުންކޮށްފައިވެއެވެ.
"ފަންހާމަހާއި ޕްލާސްޓިކު ކޮތަޅު" މި ޝިޔާރުގައި ބުނާ ފަންހާމަސް ރަމްޒުކޮށްދެނީ ޤުދުރަތީ ރީތިކަމާއި ކަނޑުފަޅުތަކުގެ ދިރުންތަކެވެ. އަދި ޕްލާސްޓިކް ކޮތަޅު ރަމްޒުކޮށްދެނީ ޕްލާސްޓިކްގެ ސަބަބުން ތިމާވެއްޓަށް ދިމާވެފައިވާ ގޮންޖެހުންތަކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް