ފުވައްމުލަކު ހޮސްޕިޓަލުގައި ގާއިމްކޮއްފައިވާ ޑައިލަސިސް ސެންޓަރުގެ ޚިދުމަތް ފަށައިފިއެވެ.
ފުވައްމުލަކު ސިޓީ ހޮސްޕިޓަލުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި މި ޚިދުމަތް ފައްޓަވާދެއްވެވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް އެވެ.
މި ޑައިލިސިސް ސެންޓަރަކީ 3 އެނދުގެ ސެންޓަރެކެވެ.
މިސެންޓަރަށް އައްޑޫގައި މަސައްކަތްކުރާ ނެފްރޮލޮޖިސްޓް މަދުވެގެން ކޮންމެ ތިންމަހަކުން އެއްމަހުން ޒިޔާރާތްކޮށް ބަލިމީހުން ބައްލަވާގޮތައް ވަނީ ހަމަޖެހިފައެވެ.
މާލެ ސިޓީ ފިޔަވައި އަތޮޅުތެރޭގައި 7 ސަރަހައްދެއްގައި 60 މީހުންނަށް ޑައިލެސިސް ޚިދުމަތް ދެމުން ގެންދެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް