ކީރިތި ޤުރުއާނާބެހޭ ޤައުމީ މަރުކަޒުގެ އޯޕަންޑޭ ފުރުޞަތު 2020 އަންނަ ހޮނިހިރު ދުވަހު ބާއްވަނީ

ކީރިތި ޤުރުއާނާބެހޭ ޤައުމީ މަރުކަޒުގެ އޯޕަންޑޭ ފުރުޞަތު 2020 އަންނަ ހޮނިހިރު ދުވަހު ބާއްވަން ނިންމައިފިއެވެ. އިސްލާމިކް މިނިސްޓްރީން ބުނީ މިއީ އެ މަރުކަޒުގައި ކިޔަވަމުންދާ ދަރިވަރުންނާއި ޢާންމު ފަރާތް...

11 Dec 2019 | 12:27

ކީރިތި ޤުރުއާނާބެހޭ ޤައުމީ މަރުކަޒުގެ އޯޕަންޑޭ ފުރުޞަތު 2020 އަންނަ ހޮނިހިރު ދުވަހު ބާއްވަން ނިންމައިފިއެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ މިއީ އެ މަރުކަޒުގައި ކިޔަވަމުންދާ ދަރިވަރުންނާއި ޢާންމު ފަރާތްތައްތަކަށް ހުޅުވާލައިގެން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ އޯޕަންޑޭ އެއްކަމަށެވެ.

ހޮނިހިރުދުވަހުގެ ހަވީރު 16:00 ގައި ކީރިތި ޤުރުއާނާބެހޭ މަރުކަޒުގައި އޯޕަން ޑޭ ފަށާ އިރު، އޯޕަންޑޭގެ ހަރަކާތްތައް ހޮނިހިރު ދުވަހު 16:00 – 18:00އަށް އަދި 20:00 – 22:00 ގައި ކުރިއަށްގެންދާނެ ކަމަށް އެ މިނިސްޓްރީން ބުނެއެވެ.

އެ މިނިސްޓްރީން ބުނީ މި ހަރަކާތުގެ ތެރެއިން ކީރިތި ޤުރްއާނާބެހޭ ޤައުމީ މަރުކަޒުން ހިންގަމުންދާ ކޯސްތަކާއި ޕްރޮގްރާމްތަކާއިގުޅޭ މަޢުލޫމާތު ރައްޔިތުންނަށް ފޯރުކޮށްދީ ކީރިތި ޤުރްއާނާބެހޭ ޤައުމީ މަރުކަޒުގައި ކޯސް ފުރިހަމަ ކުރަމުންދާއިރު، ހުރި ފުރުސަތު ތަކާއި ބެހޭ މަޢުލޫމާތާއި ކޯސްތަކުގައި ކިޔަވައިދޭ މޮޑިއުލްތަކާއި މުއްދަތު ފަދަ މުހިއްމު މަޢުލޫމާތު ދިނުމާއި ކޯސްތަކާއި ޕްރޮގްރާމްތަކުގައި ބައިވެރިވާން ބޭނުން ފަރާތްތަކަށް ފޯމް ފުރުމަށް އެހީތެރިވެދިނުންވެސް ކުރިއަށް ގެންދާނެ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް