ލިޓަސް "ބޮޑު ޕްރޮމޯޝަން": 8000 ރުފިޔާއާއި ހަމައަށް ޑިސްކައުންޓް

8000 ރުފިޔާއާއި ހަމައަށް ޑިސްކައުންޓް ލިބިގެންދާ "ބޮޑު ޕްރޮމޯޝަން" ލިޓަސްއިން ފަށައިފިއެވެ. މި ޕްރޮމޯޝަނާއިމެދު ދުވަހަށް މައުލޫމާތުދެއްވަމުން ލިޓަސްގެ ސީނިއަރ މާކެޓިން މެނޭޖަރ އާސިފް ރަޝީދު ވިދާޅުވީ މ...

11 Dec 2019 | 11:03

8000 ރުފިޔާއާއި ހަމައަށް ޑިސްކައުންޓް ލިބިގެންދާ "ބޮޑު ޕްރޮމޯޝަން" ލިޓަސްއިން ފަށައިފިއެވެ.

މި ޕްރޮމޯޝަނާއިމެދު ދުވަހަށް މައުލޫމާތުދެއްވަމުން ލިޓަސްގެ ސީނިއަރ މާކެޓިން މެނޭޖަރ އާސިފް ރަޝީދު ވިދާޅުވީ މިއަދު ފެށި މި ޕްރޮމޯޝަން މި މަހުގެ ނިޔަލަށް ކުރިއަށްދާނެ ކަމަށެވެ.

"މިއީ ބޮޑު ޗުއްޓީ ކަމުން ފެމިލީ ދަތުރުތަކައި ބޭސްފަރުވާގެ ދަތުރުކާއި ހުރިހާ ކަމަކާއެކު ފައިސާގެ ދަތިކަން އަންނާނެކަން އަޅުގަނޑުމެންނަށް ގަބޫލު ކުރެވޭ، އެހެންކަމުން ލިޓަސް އިން ވިއްކާ ސައިކަލުތަކުން މި ޕްރޮމޯޝަންގައި ބޮޑު ޑިސްކައުންޓެއް ލިބިގެންދާނެ، އަދި ހަމަ އެހެންމެ ޑައުން ޕޭމަންޓްވެސް މި ޕްރޮމޯޝަންގެ ތެރޭގައި ވަރަށް ދަށްވާނެ" އާސިފް ވިދާޅުވިއެވެ.

ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ސައިކަލުގެ ވިޔަފާރި ކުރަމުން އަންނަ ލިޓަސްއިން އަބަދުވެސް ކަސްޓަމަރުންނަށްޓަކައި ތަފާތު ޕްރޮމޯޝަންތައް އަންނަނީ ހިންގަމުންނެވެ. އެގޮތުން މިއަދު މި ފެށި "ބޮޑު ޕްރޮމޯޝަން"ގެ އިތުރުން "ސައިކަލު ރަށަށް" ނަމުގައި ސައިކަލާއެކު ލިޓަސްގެ ޓީމު ރަށްރަށަށް ދަތުރު ކުރާ ބޮޑު ޕްރޮމޯޝަނެއް އަންނަނީ ހިންގަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް