ރެޑްވޭވްއިން ރާއްޖޭގެ ބާޒާރަށް ތަޢާރަފްކުރި މޮލްފިކްސް ބްރޭންޑުގެ ނެޕީއަށް ބޮޑު ތަރުޚީބެއް ލިބެމުންދާކަމުގައި ރެޑްވޭވުން މައުލޫމާތު ދެއްވައިފިއެވެ.
މިގޮތުން ރެޑްވޭވުން ތައާރަފް ކޮށްފައިވަނީ މޮލްފިކްސް ބްރޭންޑުގެ ޕޭންޓްސް، ޑައިޕާރސް އަދި ބޭބީ ޑައިޕާރސް އެވެ. މޮލްފިކްސް ބްރޭންޑަކީ ދުނިޔޭގައި ނަންހިނގާ، ރާއްޖޭގެ މާރކެޓުގައި ހުރި އެހެން ބްރޭންޑްތަކާއި ޚިލާފަށް، ސީދާ ޔޫރަޕުން ރާއްޖެއަށް ގެނެސް ވިއްކަމުންދާ، ކޮލިޓީ ނެޕީ ބްރޭންޑެއް ކަމުގައި ރެޑްވޭވުން މައުލޫމާތު ދެއްވައެވެ.
މިގޮތުން މޮލްފިކްސް ބްރޭންޑްގެ ޑައިޕާރސް އަކީ ތުއްތު ދަރިފުޅުގެ ނާޒުކު ހަންގަނޑާއި އެންމެ އެކަށީގެންވާފަދަ ގޮތަކަށް ފަރުމާ ކުރެވިފައިވާ ނެޕީ އެކެވެ. އެގޮތުން، ނެޕީގައި އެލޯވެރާ އާއި ކެމޮމައިލް އެކުލެވޭ ފަށަލައިގެ ސަބަބުން ތުއްތު ދަރިފުޅުގެ ހަންގަނޑު ރަނގަޅު ސިއްހަތެއްގައި ބަހައްޓައިދެއެވެ.
އަދި މީގެ އިތުރުން މޮލްފިކްސް ޕޭންޓްސް އަދި ޑައިޕަރގާ ނެޕީ ފޯވިކަން އަންގައިދޭ، ކުލަބަދަލުވާ "ވެޓްނަސް އިންޑިކޭޓާރ" ލައިނެއް ހިމެނެއެވެ. އަދި މިއާއި އެކު މޮލްފިކްސް ޕޭންޓްސްގައި ހިމެނޭ "އެނަޓޯމިކް ފިޓް"ގެ އަދި ޑައިޕާރސްގައި ހިމެނޭ 3ޑީ ޓެކްނޮލޮޖީގެ ސަބަބުން ހަށިގަނޑުގެ ބައްޓަމާއި އެއްގޮތަށް ނެޕީ ދެމި، ހަރުލުމަށް މަގުފަހިވެއެވެ. މީގެ އިތުރުންވެސް، ނެޕީގައިވާ ޑަބަލް ލޭއަރ އަދި ލީކުވުން ހުއްޓުވައިދޭ ބެރިއަރގެ ސަބަބުން ނެޕީ ބޮޑަށްފޯވެ، ލީކުވުންހުއްޓުވައިދެއެވެ. އަދި މި ނެޕީ ތައްޔާރުކުރެވިފައިވަނީ ފަސޭހައިން ލައްވާލެވޭ އަދި ބާލާވެސް ލެވޭ ގޮތަށެވެ. މޮލްފިކްސް ބްރޭންޑުގެ އިތުރު މައުލޫމާތު މޮލްފިކްސް ގެ އޮފިޝަލް ވެބްސައިޓް http://en.molfix.com/ އިން ލިބިވަޑައިގަންނަވާނެއެވެ.
މޮލްފިކްސް ބްރޭންޑްގެ ޕޭންޓްސް، ޑައިޕާރސް އަދި ބޭބީ ޑައިޕާރސް ކަސްޓަމަރުންނަށް ހޯލްސޭލްކޮށް އަދި ރީޓޭލްކޮށް ވަރަށް ހާއްސަ އަގުތަކެއްގައި ލިބިވަޑައިގަންނަވާނެކަމަށް ރެޑްވޭވުން މައުލޫމާތު ދެއްވައެވެ.
ރެޑްވޭވުން މޮލްފިކްސް ބްރޭންޑްގެ 6 ސައިޒެއްގެ ޑައިޕާރސް އާއި ޕޭންޓްސް ރާއްޖޭގެ މާރކެޓަށް ތަޢާރަފްކޮށްފައިވެއެވެ. ރެޑްވޭވުން މައުލޫމާތު ދޭގޮތުގައި އެކުންފުނީގެ އަމާޒަކީ ރާއްޖޭގެ ބާޒާރަށް ކޮލިޓީ ރަނގަޅު ބުރޭންޑްތަކެއް ހެޔޮއަގުގައި ތައާރަފްކޮށް، "ކޮލިޓީ ބްރޭންޑް އަގުބޮޑުވާނޭ" ކަމުގައިދެކޭ ވިސްނުން ބަދަލުކޮށްލުމެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް