ކަނޑުވި 4 މީހަކަށް އައިޖީއެމް ހޮސްޕިޓަލުގައި ފަރުވާދޭން ފަރުވާދޭން ފަށައިފި

ކަނޑުމަތީގައި ހާލުގައިޖެހިފައިތިބި 4 މީހަކު މާލެ ގެނެސް އައިޖީއެމްއެޗުގައި ފަރުވާދޭން ފަށައިފިއެވެ. އެ ހޮސްޕިޓަލުން ބުނީ މި މީހުން މާލެ ގެނެސް ފަރުވާދޭން ފަށާފައިވަނީ މިއަދު ގާތްގަޑަކަށް 11:30 ހާއިރު ...

11 Dec 2019 | 08:23

ކަނޑުމަތީގައި ހާލުގައިޖެހިފައިތިބި 4 މީހަކު މާލެ ގެނެސް އައިޖީއެމްއެޗުގައި ފަރުވާދޭން ފަށައިފިއެވެ.

އެ ހޮސްޕިޓަލުން ބުނީ މި މީހުން މާލެ ގެނެސް ފަރުވާދޭން ފަށާފައިވަނީ މިއަދު ގާތްގަޑަކަށް 11:30 ހާއިރު ކަމަށާއި އެންމެންގެ ހާލުވެސް ރަނގަޅު ކަަމަށެވެ. އަދި އެ ހޮސްޕިޓަލަށް ގެނެސްފައިވަނީ ދިވެއްސަކާއި ތިން ބިދޭސީން ކަމަށެވެ.

މިކަމުގައި އެމްއެންޑީއެފް އަދި ފުލުހުންގެ ބަހެއް އަދިވަނީ ލިބޭގޮތް ނުވެފައެވެ.

މިއަދު ހެނދުނުން ފެށިގެން މާލެއަށް ބޯކޮށް ވާރޭވެހެމުން އަންނަ އިރު، މަގުތަކުގައި ހެދުފައިވާ ފެން ހިންދުނުގެ މަސައްކަތުގައި އެމްއެންޑީއެފް އިން އަންނަނީ ހަރަކާތްތެރިވަމުންނެވެ.

މޫސުމާއިބެހޭ ގައުމީ އިދާރާއިން ވަނީ މޫސުމަށް ބަލައިގެން އެންމެފަހުގެ މައުލޫމާތު ހޯދުމަށްފަހު ނޫނީ ދަތުރު ނުކުރުމަށްވެސް އިލްތިމާސްކޮށްފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް