ބޯކޮށް ވާރޭވެހި މާލޭގައި ފެން ބޮޑުވެއްޖެ، ފެން ހިންދުމުގެ މަސައްކަތް ކުރިއަށް

ބޯކޮށް ވާރޭވެހި މާލޭގައި ވަރަށް ބޮަޑަށް ފެންބޮޑުވެއްޖެއެވެ. ވާރޭވެހެން ފެށީ ފަތިހުގެ ވަގުތެއްގައެވެ. އަދި ހެނދުނު 09 ޖަހާކަންހާއިރުވެސް ބޯކޮށް ވެހެމުން ދިޔައެވެ. ވެހުނު ވާރޭގެ ސަބަބުން ބައެއް މަގުތަކު...

11 Dec 2019 | 05:44

ބޯކޮށް ވާރޭވެހި މާލޭގައި ވަރަށް ބޮަޑަށް ފެންބޮޑުވެއްޖެއެވެ.

ވާރޭވެހެން ފެށީ ފަތިހުގެ ވަގުތެއްގައެވެ. އަދި ހެނދުނު 09 ޖަހާކަންހާއިރުވެސް ބޯކޮށް ވެހެމުން ދިޔައެވެ.

ވެހުނު ވާރޭގެ ސަބަބުން ބައެއް މަގުތަކުގައި ވަރަށް ބޮޑަށް ފެން ބޮޑުވެފައިވެއެވެ. އެގޮތުން އައިޖީއެމް ހޮސްޕިޓަލް ސަރަހައްދާއި އަމީނީ މަގު މާފަންނު މައްޗަންގޯޅި ހިމެނޭ ސަރަހައްދާއި ވެސްޓް ޕާކް ސަރަހައްދުގައި ފެންގަނޑު ވަރަށް ބޮޑެވެ. ބައެއް ސަރަހައްދުތަކުގައި ކަށިމައްޗާއި ހަމައަށް ފެން ބޮޑުވެފައިވެއެވެ.

ކުރިއަށް އަޅާބަލާއިރު މިހާރު މާލޭގައި ފެން ބޮޑުވާލެއް އަވަސްކަން ފާހަގަކުރެވެއެވެ. މި މައްސަލައަކީ ދާއިމީ ހައްލެއް ހޯދިފައި ނުވާ، މާލެއަށް ދިމާވެފައިވާ ބޮޑު މައްސަލައެކެވެ.

މީޑިއާތަަކަށް މައުލޫމާތުދެމުން އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު މޭޖަރ އިބްރާހިމް އާޒިމް ވިދާޅުވީ ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގާ މާލެ ސިޓިގެ ބައެއް މަގުތަކުގައި ފެންބޮޑުވުމާއި ގުޅިގެން ފެން ހިއްކުމުގެ މަސައްކަތް އެމްއެންޑީއެފް ފަޔަރ ރެސްކިއު ސާވިސްގެ ސިފައިން ކުރަމުން އަންނަ ކަމަށެވެ. އެގޮތުން މިވަގުތު ފެން ހިއްކުމުގެ މަސައްކަތް ވެސްޓް ޕާކް ސަރަހައްދާއި އައިޖީއެމް ހޮސްޕިޓަލް ސަރަހައްދުގައި ކުރަމުން އަންނަ ކަމަށް އާޒިމް ވިދާޅުވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް