އިންޑިއާ - ރާއްޖެ ޖޮއިންޓް ކޮމިޝަން (ޖޭސީއެމް) ބައްދަލުވުމެއްގައި ބައިވެރިވެވަޑައިގަތުމަށް ރާއްޖޭގެ ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު އިންޑިއާއަށް ވަޑައިގެންފިއެވެ.
އެ ކޮމިޝަނުގެ 6 ވަނަ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ މި ދަތުރުފުޅަކީ ރަސްމީ ދަތުރުފުޅެކެވެ.
އެ ބައްދަލުވުމުގައި މަޝްވަރާ ކުރަން ހަމަޖެހިފައިވާ ބައެއް ކަންކަމާ ގުޅޭ އޭޖެންސީތަކުގެ ބޭފުޅުންވެސް ރާއްޖޭގެ ވަފްދުގައި ހިމެނޭ ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.
މިނިސްޓަރ ޝާހިދަށް އިންޑިއާގެ ވެރިރަށް ނިއު ދިއްލީގެ އެންމެ ބޮޑު އެއަރޕޯޓް، އިންދިރާ ގާންދީ އިންޓަރނޭޝަނަލް އެއަރޕޯޓުން މަރުޙަބާ ދެންނެވީ އެ ޤައުމުގެ އެކްސްޓަރނަލް މިނިސްޓްރީގެ ޖޮއިންޓް ސެކްރެޓަރީ، އަމިތް ނާރަންގު އެވެ.
ރާއްޖެ އާއި އިންޑިއާއާ ދެމެދު އިގްތިސާދީ ގޮތުންނާއި ޓެކްނިކަލް ގޮތުން ގުޅުން ބަދަހިކުރުމުގެ މަޤްސަދުގައި 1986 ވަނަ އަހަރު އުފެއްދި ޖޭސީއެމްގެ ބައްދަލުވުމެއް އެންމެފަހުން ބާއްވާފައިވަނީ 2015 ވަނަ އަހަރުގެ ތެރޭގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް