ރާއްޖޭގެ އެކި ހިސާބަށް އުދަ އެރުން އެކަށީގެންވޭ: މެޓް

ރާއްޖޭގެ އެކި ހިސާބުތަކަށް އުދައެރުން އެކަށީގެންވާކަމަށް މެޓް އޮފީހުން ބުނެފިއެވެ. އެ އޮފީހުން ބުނީ މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގާ މެދުރާއްޖެތެރެއާއި ދެކުނުގެ އަތޮޅުތަކަށް އުދައިގެ އަސަރު ކ...

11 Dec 2019 | 05:13

ރާއްޖޭގެ އެކި ހިސާބުތަކަށް އުދައެރުން އެކަށީގެންވާކަމަށް މެޓް އޮފީހުން ބުނެފިއެވެ.

އެ އޮފީހުން ބުނީ މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގާ މެދުރާއްޖެތެރެއާއި ދެކުނުގެ އަތޮޅުތަކަށް އުދައިގެ އަސަރު ކުރުން އެކަށީގެންވާކަމަށެވެ. އަދި އެކިހިސާބަށް ގުގުރުމާއިއެކު ވިއްސާރަކުރާނެކަމަށެވެ.

އެގޮތުން ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށާއި އުތުރުގެ ބައެއް ރަށްތަކަށް ކެރީގެއަސަރު ފޯރާނެކަމަށް ލަފާކުރެވޭކަމަށްވެސް މެޓް އޮފީހުން ބުންޏެވެ.

މީގެ އިތުރުން މެޓް އޮފީހުން ބުނީ މި ވިއްސާރައިގައި އުތުރާއި މެދުތެރޭގެ ކަނޑުތައް ގަދަވާނެކަމަށް ލަފާކުރެވޭ ކަމަށާއި ދެކުނުގެ ކަނޑުތައް ވިލާގަނޑުގައި އާދައިގެ ވަރަކަށް ގަދަ ވާނެކަމަށް ލަފާކުރެވޭ ކަމަށެވެ.

ކަނޑުދަތުރު ކުރާ ފަރާތްތަކުން، ޚާއްސަކޮށް އުތުރާއި މެދުތެރޭގެ ކަނޑުތަކުން ދަތުރުކުރައްވާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މެޓް އޮފީހުން ވަނީ އިލްތިމާސްކޮށްފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް