އެމްޓީސީސީ ފެރީއެއްގައި އަލިފާނުގެ ހާދިސާއެއް މިއަދު ހިނގާފައިވާކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.
އެމްއެންޑީއެފުން ބުނެފައިވާގޮތުގައި އަލިފާނުގެ މި ހާދިސާ ހިނގާފައިވަނީ ހ. ކުޅުދުއްފުށީ އުތުރު ބަދަރުގައި އޮތް އެމްޓީސީސީ ގެ "އުނިޔަ" ނަމަކަށް ކިޔާ ފެރީއެއްގެ ޖެނެރޭޓަރު ރޫމްގައެވެ.
"އެމްޓީސީސީގެ އުނިޔަ ނަމަކަށް ކިޔާ ފެރީގެ ޖެނެރޭޓަރ ރޫމްގައި އަލިފާން ރޯވެގެން އެމްއެންޑީއެފް ނޮދަން އޭރިއާ، ކުޅުދުއްފުށި ފަޔަރ ސްޓޭޝަނުން ހަރަކާތްތެރިވި" އެމްއެންޑީއެފުން ބުނެފައިވެއެވެ.
އެމްއެންޑީއެފުން އިތުރަށް ބުނެފައިވާގޮތުގައި މި ހާދިސާގެ ރިޕޯޓް ލިބިފައިވަނީ މިއަދު 1:20 ހާއިރުގައެވެ. މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ވެފައި ނުވާކަމަށްވެސް އެމްއެންޑީއެފުން ބުނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް