ބ. މާޅޮސް މެޖިސްޓްރޭޓް ކޯޓު ފަޅާލައި ވައްކަން ކޮށްފިއެވެ.
ވަގަށް ނަގާފައިވަނީ ތިޖޫރިއަކާއި ލެޕްޓޮޕެއް ކަމަށް ފުލުހުން މައުލޫމާތުދެއެވެ. ފުލުހުން ބުނެފައިވާގޮތުގައި މިކަން ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ މިއަދު 11:20 ހާއިރުގައެވެ.
ވަގަށްނެގި ތިޖޫރީގައި ހުންނާނީ ގާތްގަނޑަކަށް ހަ ހާސް ރުފިޔާ ކަމަށް އެ ކޯޓާ ހަވާލާދީ ފުލުހުން ބުނެފައިވެއެވެ. މި މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމުގައިވެސް ފުލުހުން ބުނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް