އިންޑިއާގެ ދިދަ ޖެހި ދެ ބޯޓު ދިވެހި ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް ގެންގޮސްފި

ރާއްޖޭގެ ކަނޑުގެ ހާއްސަ އިގްތިސާދީ ސަރަހައްދުން އިންޑިއާގެ ދިދަ ޖެހި ދެ ބޯޓެއް ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ. މަސްވެރިކަން ކުރާ ވައްތަރުގެ މި ދެ ބޯޓު ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް ގެންގޮސ...

11 Nov 2019 | 09:23

ރާއްޖޭގެ ކަނޑުގެ ހާއްސަ އިގްތިސާދީ ސަރަހައްދުން އިންޑިއާގެ ދިދަ ޖެހި ދެ ބޯޓެއް ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

މަސްވެރިކަން ކުރާ ވައްތަރުގެ މި ދެ ބޯޓު ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ ހއ. ތުރާކުނުގެ ހުޅަނގު އުތުރުން 29 ނޯޓިކަލް މޭލު ބޭރުން ކަމަށް ކޯސްޓްގާޑުން ބުނެއެވެ. އަދި މިހާރު އެ ބޯޓުތައް ވަނީ ކޯސްޓްގާޑުގެ ބެލުމުގެ ދަށުން ހއ. އުލިގަމު ބޭރުގައި ބަނދަރުކޮށްފައި ކަމަށްވެސް ކޯސްޓްގާޑުން ބުނެއެވެ.

ކޯސްޓްގާޑުން އިތުރަށް ބުނެފައިވާގޮތުގައި އެ ދެ ބޯޓުގެ ތެރެއިން އެއް ބޯޓުގައި ނުވަ މީހަކު އަދި އަނެއް ބޯޓުގައު 10 މީހަކު އެބަތިއްބެވެ.

މި ބޯޓުތަކާ ގުޅޭ ކަންކަން ސަރުކާރުގެ ކަމާ ގުޅުންހުރި ވުޒާރަތަކާ ގުޅިގެން އިތުރަށް އަންނަނީ ބަލަމުން ކަމުގައިވެސް ކޯސްޓްގާޑުން ބުނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް