ހުޅުމާލޭގައި ކާރެއް ޕާކު ކުރަން އުޅުމުގެ ތެރޭގައި ކޮންޓްރޯލުން ނެއްޓި ޑިސްޓްރިބިއުޝަން ފޮއްޓެއްގައި ޖެހި ހާދިސާއެއް ހިނގައިފިއެވެ.
ފުލުހުން ބުނެފައިވާގޮތުގައި ހުޅުމާލޭ ޗަނބޭލީ މަގުގައި ކާރެއް ޕާކު ކުރަން އުޅެނިކޮށް ކާނުގަނޑުގައި ޖެހި ކޮންޓްރޯލު ނުވެގޮސް އެ ސަރަހައްދުގައި ހުރި ޑިސްޓްރިބިއުޝަން ފޮއްޓެއްގައި ޖެހި އިންސިޑެންޓެއް ހިނގާފައިވާކަމުގެ މައުލޫމާތު މިއަދު 10:10 އެހައިކަންހާއިރު ފުލުހުންނަށް ލިބިފައިވެއެވެ.
"މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވޭ، ހާދިސާ ހިނގި ވަގުތު އެ ކާރު ދުއްވަން އިނީ 42 އަހަރުގެ ދިވެހި ފިރިހެނެއް، އޭނާއަކީ ކާރު ދުއްވުމުގެ ލައިސަންސް އޮންނަ މީހެއް" ފުލުހުން ބުނެފައިވެއެވެ.
ފުލުހުން އިތުރަށް ބުނެފައިވާގޮތުގައި މި ހާދިސާގައި ކާރަށް އެކިވަރުގެ ގެއްލުން ލިބިފައިވާކަމަށެވެ. އަދި ޑިސްޓްރިބިއުޝަން ފޮށި ވެއްޓި އެއަށްވެސް ގެއްލުން ވެފައިވާކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް