ޑައިވިނަށް ދިޔަ ފަތުރުވެރިއަކު މަރުވެއްޖެ

ޑައިވިނަށް ދިޔަ ޗައިނާއަށް ނިސްބަތްވާ ފަތުރުވެރިއަކު މަރުވެއްޖެއެވެ. މަރުވެފައިވަނީ އުމުރުން 25 އަހަރުގެ ފަތުރުވެރިއެކެވެ. އެ ފަތުރުވެރިޔާ މަރުވި ކަމުގެ މައުލޫމާތު މިއަދު ހެނދުނު 10:04ގައި ފުލުހުންނަށ...

11 Nov 2019 | 07:00

ޑައިވިނަށް ދިޔަ ޗައިނާއަށް ނިސްބަތްވާ ފަތުރުވެރިއަކު މަރުވެއްޖެއެވެ.

މަރުވެފައިވަނީ އުމުރުން 25 އަހަރުގެ ފަތުރުވެރިއެކެވެ. އެ ފަތުރުވެރިޔާ މަރުވި ކަމުގެ މައުލޫމާތު މިއަދު ހެނދުނު 10:04ގައި ފުލުހުންނަށް ލިބިފައިވާކަމަށް ފުލުހުން ބުނެއެވެ.

"ޑައިވިނަށް ގޮސް އުޅުނު 25 އަހަރުގެ ފިރިހެން ފަތުރުވެރިޔަކު (ޗައިނާ މީހެއް) ނިޔާވެގެން ފުވައްމުލައް ހޮސްޕިޓަލަށް ގެންގޮސްފައިވާކަމުގެ މައުލޫމާތު މިއަދު 10:04 އެހައިކަންހާއިރު ފުލުހުންނަށް ލިބިފައިވޭ" ފުލުހުން ބުނެފައިވެއެވެ.

ފުލުހުން އިތުރަށް ބުނީ މިހާތަނަށް ބެލި ބެލުމުން މައުލޫމާތު ލިބިފައިވާގޮތުގައި އެމީހާ ނިޔާވެފައިވަނީ ޑައިވިނަށް ގޮސް އުޅުމަށްފަހު ދޯންޏަށް އެރިފަހުން ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް