ސްމާޓް ފޯނެއް 100 ރުފިޔާއަށް ވިއްކަން އުޅުނު ވަގަކު ހައްޔަރުކޮށްފި

ވަގަށް ނަގާފައިވާ ސްމާޓް ފޯނެއް 100 ރުފިޔާއަށް ވިއްކަން އުޅުނު މީހަކު ހައްޔަރުކޮށްފިއެވެ. ހައްޔަރުކޮށްފައިވަނީ އުމުރުން 25 އަހަރުގެ ފިރިހެކެވެ. އޭނާ ހައްޔަރުކޮށްފައިވަނީ މާފަންނު ޕޮލިހުން މިއަދު މާލެ ...

11 Nov 2019 | 06:50

ވަގަށް ނަގާފައިވާ ސްމާޓް ފޯނެއް 100 ރުފިޔާއަށް ވިއްކަން އުޅުނު މީހަކު ހައްޔަރުކޮށްފިއެވެ.

ހައްޔަރުކޮށްފައިވަނީ އުމުރުން 25 އަހަރުގެ ފިރިހެކެވެ. އޭނާ ހައްޔަރުކޮށްފައިވަނީ މާފަންނު ޕޮލިހުން މިއަދު މާލެ ޕެޓްރޯލު ކުރަމުންދިޔަ އިރު 100 ރުފިޔާއަށް އެ ފޯނު ވިއްކަން އުޅެނިކޮށް ކަމަށް ފުލުހުން ބުނެފައިވެއެވެ.

މި މައުލޫމާތާއެކު ފުލުހުން އާންމުކުރި ފޮޓޯއިން ފެންނަ ގޮތުގައި އެ ފޯނަކީ ސެމްސަންގް ބްރޭންޑްގެ ސްމާޓް ފޯނެކެވެ.

https://twitter.com/PoliceMv/status/1193778717647966208

މި މައްސަލައާއި ގުޅޭ އެއްވެސް އިތުރު ތަފްސީލެއް ފުލުހުން ހާމަކޮށްފައެއް ނުވެއެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް