ހދ. ކުޅުދުއްފުށީގައި މަހާނައެއް ކޮނުނު ޒުވާނަކު ހައްޔަރުކޮށްފިއެވެ.
ކުޅުދުއްފުށި ޑޮޓް ކޮމްގައި ރިޕޯޓްކޮށްފައިވާގޮތުގައި މިއަދު އިރު އޮއްސި 06:30 ހާއިރު ކުޅުދުއްފުށީ ކުޑަ މިސްކިތު ގަބުރުސްތާނުގައި ހުރި މަހާނައެއް ކޮންނަން އިންދާ ހައްޔަރުކޮށްފައިވަނީ އުމުރުން 19 އަހަރުގެ ޒުވާން ފިރިހެނެކެވެ.
އެއީ މަސްތުގެ ހާލަތުގައި އިން ޒުވާނެއް ކަމަށްވެސް ފުލުހުންނާ ހަވާލާދީ އެ ނޫހުގައި ރިޕޯޓްކޮށްފައިވެއެވެ.
މަންޒަރު ދުށް ބައެއް މީހުންނާ ހަވާލާދީ އެ ނޫހުގައި ބުނެފައިވާގޮތުގައި މަހާނަ ކޮންނަން އިން ޒުވާނަކީ މަސްތުވާތަކެތި ބޭނުންކުރާ މީހެކެވެ. އޭނާ މަހާނަ ކޮންނަން އިންދާ ބައެއް މީހުންނަށްވެސް ފެނިފައިވާކަމަށްވެސް ބުނެފައިވެއެވެ.
އެ ނޫހުގައިވާ މައުލޫމާތަށް ބަލާއިރު ކުޑަ މިސްކިތު ގަބުރުސްތާނަކީ ކުޅުދުއްފުށީގައި އެންމެ ގިނައިން މީހުން ވަޅުލާ ގަބުރުސްތާނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް