ޔޮޓް ޓުއާސްއަށް 22 މިލިއަން ޑޮލަރު (340 މިލިއަން ރުފިޔާ) ދައްކަން އެލައިޑް އިންޝުއަރެންސް މައްޗަށް ކޮށްފައިވާ ހުކުމް ތަންފީޒުކޮށްދިނުން ފަސްކޮށްދިނުމުގެ ވަގުތީ އަމުރެއް ނެރެދިނުމަށް ހައި ކޯޓުގައި އެދިއްޖެ އެވެ.
މިދިޔަ ޖުލައި މަހުގެ ތެރޭގައި ސިވިލް ކޯޓުން ވަނީ އެލައިޑުން ޔޮޓް ޓުއާސްއަށް އެ ފައިސާ ހަ މަސްތެރޭ ދައްކާ ނިންމުމަށް ހުކުމް ކޮށްފައި އެވެ. އެ ފައިސާ އަކ ހއ. އަލިދޫ ރިސޯޓަށް ލިބުނު ގެއްލުމުގެ ބަދަލު ހޯދުމަށް އެލައިޑާއި ދެކޮޅަށް ޔޮޓް ޓުއާސްއިން ހުށަހެޅި މައްސަލައެކެވެ.
ހައި ކޯޓަށް ހުށަހެޅި މައްސަލައިގަ އެލައިޑުން ބުނީ އެ ފައިސާ ވަގުތުން ދައްކައިފި ނަަމަ އެ ކުންފުނީގެ ވިޔަފާރިއަށް ބުރޫއަރައި، ހުއްޓިދާނެކަމުގެ ބިރު އެބަ އޮތް ކަމަށެވެ. އެ ފައިސާ ދެއްކުން މަޑު ޖައްސާލަން ވަގުތީ އަމުރެއް ނެރެދިނުމަށް އެދުނީ ސިވިލް ކޯޓުގެ ހުކުމް ހައި ކޯޓުގައި އިސްތިއުނާފު ކުރުމުން ބޭއްވި ފުރަތަމަ އަޑުއެހުމުގައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް