ޕްރައިވެޓް ކާރެއް ކޮންޓްރޯލުން ނެއްޓި މަގުން ބޭރުވެއްޖެ

ބާރު ސްޕީޑްގައި ދުއްވާފައި ދިޔަ ޕްރައިވެޓް ކާރެއް ކޮންޓްރޯލުން ނެއްޓި އެއާޕޯޓް މައި މަގުން ބޭރުވެއްޖެއެވެ. "އެއާޕޯޓް މެއިން ރޯޑްއިން އުތުރު ދެކުނަށް ބާރު ސްޕީޑްގައި ދުއްވާފައިދިޔަ ޕްރައިވެޓް ކާރެއް ނު...

11 Oct 2019 | 15:14

ބާރު ސްޕީޑްގައި ދުއްވާފައި ދިޔަ ޕްރައިވެޓް ކާރެއް ކޮންޓްރޯލުން ނެއްޓި އެއާޕޯޓް މައި މަގުން ބޭރުވެއްޖެއެވެ.

"އެއާޕޯޓް މެއިން ރޯޑްއިން އުތުރު ދެކުނަށް ބާރު ސްޕީޑްގައި ދުއްވާފައިދިޔަ ޕްރައިވެޓް ކާރެއް ނުބައި ފަޅިން ޓެކްސީއެއް އޯވަޓޭކް ކުރަން އުޅުމުގެ ތެރޭގައި އެ ޓެކްސީގައި ޖެހި ކޮންޓްރޯލުނުވެ ގޮސް މަގުން ބޭރަށް ގޮސްފައިވޭ" ފުލުހުން ބުނެފައިވެއެވެ.

ފުލުހުން އިތުރަށް ބުނެފައިވަނީ މި އެކްސިޑެންޓްގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވާކަމަށެވެ. ދެ އުޅަނދަށްވެސް އެކިވަރުގެ ގެއްލުން ލިބިފައިވާކަމަށާއި މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުން ކަމުގައިވެސް ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް