މަރުވެފައި އޮތް ޒުވާނަކު ހ.އަންނާރުމާގެއިން ފެނިއްޖެ

މަރުވެފައި އޮތް ޒުވާނަކު ހ. އަންނާރުމާގެއިން ފެނިއްޖެއެވެ. މީޑިއާތަކަށް މައުލޫމާތުދެމުން ފުލުހުން ބުނެފައިވާގޮތުގައި މާލޭ ހެންވޭރުގައި ހުންނަ ގެއެއްގައި ރޭ ނިދިގޮތަށް ހަބަރެއް ނުވެގެން އާއިލާއިން ބެލި...

11 Oct 2019 | 09:53

މަރުވެފައި އޮތް ޒުވާނަކު ހ. އަންނާރުމާގެއިން ފެނިއްޖެއެވެ.

މީޑިއާތަކަށް މައުލޫމާތުދެމުން ފުލުހުން ބުނެފައިވާގޮތުގައި މާލޭ ހެންވޭރުގައި ހުންނަ ގެއެއްގައި ރޭ ނިދިގޮތަށް ހަބަރެއް ނުވެގެން އާއިލާއިން ބެލި އިރު މީހަކު މަރުވެފައި އޮތް މައްސަލައެއް މިއަދު ހެނދުނު 10:24 އެހާކަންހާއިރު ފުލުހުންނަށް ހުށަހަޅާފައިވެއެވެ.

"މަރުވެފައިވަނީ 28 އަހަރުގެ ދިވެހި ފިރިހެނެއް" ފުލުހުން ބުނެފައިވެއެވެ.

ދުވަހަށް މައުލޫމާތު ލިބިފައިވާގޮތުގައި ހ. އަންނާރު ގެއަކީ ޔާމީން ރަޝީދު މަރާލި މައްސަލައިގާ ތޫނު އެއްޗެއް ބޭނުންކޮށްގެން މީހަކު މަރާލާފައިވާކަމުގެ ދައުވާ އުފުލާފައިވާ އިސްމާއިލް ރަޝާދު ނިސްބަތްވާ ގެއެވެ. އަދި މީގެ ފަސް އަހަރު ކުރިންވެސް އެގެއިން މަރުވެފައި އޮތް މީހަކު ފެނިފައިވެއެވެ.

ފުލުހުން އިތުރަށް ބުނެފައިވާގޮތުގައި މި މައްސަލައާއި ގުޅިގެން ބަލަންޖެހޭ ކަންތައް ބެލުމަށް ފުލުހުން އަންނަނީ ހަރަކާތްތެރިވަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް