ފިހާރައެއްގެ ސެކިއުރިޓީއަކަށްހުރި ބިދޭސީއެއްގެ ފޯނު ފޭރިގަނެގެން ފިލަން އުޅުނު މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނެފައިވާގޮތުގައި މިކަން ހިނގާފައިވަނީ އިއްޔެގެ ވަގުތެއްގައެވެ. ފަރީދީ މަގުގައި ހުރި ފިހާރައެއްގެ ސެކިއުރިޓީ ގާޑުގެ ފޯނު ފޭރިގަނެގެން ދުއްވައިގަތްތަން އެވަގުތު ޕެޓްރޯލް ކުރަމުންދިޔަ ފުލުހުންނަށް ފެނިގެން އެމީހާ ފަހަތުން ގޮސް ހުއްޓުވައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނައީ ކަމަށް ފުލުހުން ބުނެފައިވެއެވެ.
މި މައްސަލައިގާ ހައްޔަރުކޮށްފައިވަނީ އުމުރުން 23 އަހަރުގެ ފިރިހެނެކެވެ. މި މީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ބަލައިފާސްކުރިއިރު ފޭރިގަތް ފޯނު ފެނިފައިވާކަމަށާއި މި ފޯނު މިހާރު ވަނީ ވެރިފަރާތާ ހަވާލުކޮށްފައި ކަމުގައިވެސް ފުލުހުން ބުނެއެވެ. ފުލުހުން އަންނަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް