ނުވަ މީހެއްގެ މައްޗަށް މޮނިކޮން އަމުރު ނެރެދިނުމަށް ހައިކޯޓުގައި އެދިއްޖެ

ނުވަ މީހެއްގެ މައްޗަށް މޮނިކޮން އަމުރު ނެރެދިނުމަށް ފުލުހުން ހައިކޯޓުގައި އެދިއްޖެ އެވެ. އެ އަމުރަކީ ފައިގާ ޓެގް އަޅުވައިގެން މޮނީޓާ ކުރުމުގެ އަމުރެވެ. ފުލުހުން ބުނީ އެ އަމުރަށް ފުލުހުން ހައިކޯޓުގައި ...

11 Oct 2017 | 06:48

ނުވަ މީހެއްގެ މައްޗަށް މޮނިކޮން އަމުރު ނެރެދިނުމަށް ފުލުހުން ހައިކޯޓުގައި އެދިއްޖެ އެވެ. އެ އަމުރަކީ ފައިގާ ޓެގް އަޅުވައިގެން މޮނީޓާ ކުރުމުގެ އަމުރެވެ.

ފުލުހުން ބުނީ އެ އަމުރަށް ފުލުހުން ހައިކޯޓުގައި އެދިފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.

ނުވަ މީހެއްގެ މައްޗަށް އަމުރު ނެރެދިނުމަށް އެދިފައިވާއިރު މޮނިކޮން އަމުރާ ބެހޭ ކޮމިޓީއަށް ފުލުހުން ފޮނުވީ 16 މީހެއްގެ ނަމެވެ. ނަމަވެސް ކޮމިޓީން ނިންމީ ހަތް މީހެއްގެ މައްޗަށް އެ އަމުރު ހިންގަން ނުފެންނަ ކަމަށެވެ.

މޮނިކޮން އަމުރު ހައިކޯޓުން މިފަހަރު ނެރެދީފި ނަމަ މި އަމުރު ވެގެންދާނީ ހޯމް މިނިސްޓަރުގެ މަގާމުން އުމަރު ނަސީރު ވަކިވިފަހުން ބައެއްގެ މައްޗަށް މޮނިކޮން އަމުރު ނެރޭ ފުރަތަމަ ފަހަރަށެވެ.

މޮނިކޮން އަމުރު މީހެއްގެ މައްޗަށް ނެރެދިނުމަށް ހައި ކޯޓަށް ހުށަހެޅުމުގެ ބާރު ދެއްވާފައިވާ ކޮމިޓީގައި ތިއްބަވަނީ ހޯމް މިނިސްޓަރު އަޒްލީން އަހުމަދު ހިމެނޭ ގޮތަށް ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ އާއި ފިނޭންސް މިނިސްޓަރު އަހްމަދު މުނައްވަރުގެ އިތުރުން ކޮމިޝަނާ އޮފް ޕޮލިސް އަހުމަދު އަރީފު އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް