ދެކުނު ކޮރެއާއަށް ގޮސް ޕްލާސްޓިކު ސާޖަރީ ހަދައިގެން މި ތިން ކަނބަލުންނަށް ފުރޭ ގޮތެއް ނުވި !

ޗައިނާގެ ތިން ކަނބަލަކު ޗުއްޓީއަކަށް ދެކުނު ކޮރެއާއަށް ގޮސް ޕްލާސްޓިކް ސާޖަރީއެއް ހަދައިގެން އެނބުރި ގައުމަށް ދާން އުޅުނުނަމަވެސް އެމީހުންނަށް ފުރޭ ގޮތެއް ނުވި އެވެ. މަތީގައި އެވާ ފޮޓޯ ޗައިނާގެ ސޯޝަލް...

11 Oct 2017 | 04:00

ޗައިނާގެ ތިން ކަނބަލަކު ޗުއްޓީއަކަށް ދެކުނު ކޮރެއާއަށް ގޮސް ޕްލާސްޓިކް ސާޖަރީއެއް ހަދައިގެން އެނބުރި ގައުމަށް ދާން އުޅުނުނަމަވެސް އެމީހުންނަށް ފުރޭ ގޮތެއް ނުވި އެވެ.

މަތީގައި އެވާ ފޮޓޯ ޗައިނާގެ ސޯޝަލް މީޑިއާގައި ވައިރަލް ވެފައިވާއިރު މި ތިން ކަނބަލުންނަށް ދިމާވި ގޮތުގެ ވާހަކަ ފެންމަތިވެފައިވަނީ މާ ފަހުންނެވެ.

މި ތިން ކަނބަލުންނަކީ ޗުއްޓީއެއްގައި ދެކުނު ކޮރެއާއަށް ދިޔަ ބައެއް ކަމާއި ޕްލާސްޓިކް ސާޖަރީ ހަދައިގެން ފުރަން ދިއުމުން އެއާޕޯޓުން ދިން ޖަވާބަކީ "ތިމީހުންގެ މަންމައަށްވެސް ތިމީހުން ވަކި ނުވާނެ"، މި ޖަވާބު ކަން ފަހުން ވަނީ ފެންމަތިވެފައެވެ.

ނަމަވެސް މި ތިންމީހުން ޕްލާސްޓިކް ސާޖަރީ ހަދައިގެން ރަނގަޅަށް ފަސޭހަ ނުވަނީސް (ރިކަވަރ) ނުވަނީސް ފުރަން ދާން ޖެހުނު ސަބަބެއް އަދި ހާމަވެފައެއް ނުވެ އެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި ދެކުނު ކޮރެއާގައި މެޑިކަލް ޓޫރިޒަމް އަންނަނީ ފުޅާ ކުރަމުންނެވެ. އަދި ޕްލާސްޓިކް ސާޖަރީ ހެދުމަށް ޗައިނާއިން ދެކުނު ކޮރެއާއަށް ދާ މީހުންގެ އަދަދު މި ފަހަކަށް އައިސް ވަރަށް ގިނަވަމުން އަންނަ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް