ޔަމަނުގެ ދާހިލީ ހަނގުރާމައިގެ މަސްރަހު އިންތިހާއަށް ގޯސްވެފައިވާ މި ދަނޑިވަޅުގައި ހޫތީން ފޮނުވާލި މިސައިލް ހަމަލާއެއް ސައުދީ ސްކޫލަކަށް އަމާޒުވެއްޖެ އެވެ.
އިއްޔެ ފޮނުވާލި މި ހަމަލާ އަމާޒުވެފައިވަނީ ސައުދީ އަރަބިއްޔާގެ ޖަޒާން ރީޖަންގެ އަލް ޖަރަދިއްޔާ އަވަށުގައި ހުންނަ ސްކޫލަކަށެވެ.
މި ހަމަލާގެ ސަބަބުން އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވާކަމަށް ސައުދީން ވަނީ ބުނެފަ އެވެ.
ހޫތީން ބުނެފައިވަނީ ސްކޫލުތަކާއި އާއްމުން އުޅޭ ތަންތަނަށް އެފަދަ ހަމަލާތައް ދޭން ހޫތީން އެއްގޮތަކަށްވެސް ޖެހިލުން ނުވާ ކަމަށެވެ. އެއީ ބައިނަލްއަގްވާމީ ހިއުމަނިޓޭރިއަން ގާނޫނާއި ހިލާފު ކަމެއް ވިޔަސް ހެޔޮ ކަމަށް ހޫތީން ވަނީ ބުނެފަ އެވެ.
ޔަމަނުގައި ދާހިލީ ހަނގުރާމަ ހިނގަމުން އަންނަނީ ގާނޫނީ ސަރުކާރާއި ހޫތީންނާއި ދެމެދުގަ އެވެ. މި ހަނގުރާމައިގެ ތެރެއަށް ސައުދީ ކޯލީޝަނުންނާއި އިރާނުން ވަނީ ވަދެފަ އެވެ. ސައުދީ ކޯލީޝަނުން ހަނގުރާމަކުރަމުން އަންނަނީ ހޫތީންނާއި ދެކޮޅަށް ކަމަށްވާއިރު އިރާނުން އަންނަނީ ހޫތީންނަށް ވާގިވެރިވަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް