ރީތިވުމަށް ލޮލުގައި ޓެޓޫޖެހި މޮޑެލްއެއް ލޯ ހަލާކުވެ ކަނުވުމުގެ ފުރުސަތު ބޮޑުވެއްޖެއެވެ.
އުމުރުން 24 އަހަރުގެ ކެޓް ގަލިންގާ އޭނަގެ ކަނާތު ލޮލުގައި ޓެޓޫ ޖެހީ ލޮލުގެ ހުދުބައިގައި ދަނބު ކުލަޖެއްސުމަށެވެ. ލޯ ސަކަރާތްވާކަން އޭނައަށް އެނގެން ފެށީ ލޮލުން ދަނބު ކުލައިގެ ކަރުނައެއް އަންނަން ފެށުމުންނެވެ. އަދި ޑޮކްޓަރަށް ދެއްކުމުން ލޮލަށް އަޅަން ދިން ބޭސް ބޭނުން ކުރުމުން އޭނަގެ ލޯ އިތުރަށް ވީ ގޯހެވެ. މިހާރު ކެޓްގެ ލޯ ދުޅަވެ ލޮލުގެ ފެނުން ވަނީ ވަރަށް ބޮޑަށް ފަނޑުވެފައެވެ.
ކެނެޑާއަށް ނިސްބަތްވާ ކެޓްގެ ލޮލަށް ދެން ކުރެވެން އޮތް ފަރުވާއަކީ ސާޖަރީ ހެއްދުމެވެ. ސާޖަރީއަށް ފަހުވެސް އޭނަގެ ލޮލުގެ ފެނުން ދެން ރަނގަޅު ނުވާނެކަމަށް ޑޮކްޓަރުން ވަނީ ބުނެފައެވެ.
މިހާދިސާއަށް ފަހު ކެޓް ވަނީ ފޭސްބުކް މެދުވެރިކޮށް ލޮލުގައި ޓެޓޫ ޖެހުމާއި ދެކޮޅަށް ކެންޕޭނެއް ފަށާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް