ޔޫރަޕްގެ ވޯލްޑްކަޕް ކޮލިފައިން ގްރޫޕް އޭ ގައި ސްވިޑަން އާއި ދެކޮޅަށް ކުޅުނު މެޗުން ހޮލަންޑް މޮޅުވިނަމަސް ޕްލޭއޮފް އިން ޖާގަ ގެއްލިއްޖެއެވެ.
ރޭގެ މެޗުގައި ވޯލްޑް ކަޕް ކޮލިފައިން އިން ހޮލަންޑް ޖާގައެއް ހޯދާން ސްވިޑަން ހަތް ގޯލްގެ ތަފާތަކުން ބަލިކުރަން ޖެހެއެވެ. އެހެން ނަމަވެސް އެ ޓީމަށް ކާމިޔާބު ކުރެވިފައިވަނީ ދެ ގޯލްއެވެ. މި ދެގޯލްވެސް އެޓީމް އަށް ކާމިޔާބުކޮށްދީފައިވަނީ ރޭގެ މެޗުގައި މޮޅުކުޅުމެއް ދެއްކި ރޮބެންއެވެ. ރޭގެ މެޗާއިއެކު ރޮބެން ވަނީ ގައުމީ ޓީމަށް ކުޅުން ހުއްޓާލާފައެވެ. ޕޮލަންޑްގެ ކޯޗު ބުނެފައިވަނީ ރޮބެން އަކީ އަދިވެސް ދުނިޔޭގައި ހުރި އެންމެ މޮޅު އެއް ކުޅުން ތެރިޔާ ކަމަށެވެ.
ރޭގެ މެޗުން ސްވިޑަން ބަލިވިނަމަވެސް ގޯލް ގެ ތަފާތުން ގްރޫޕްގެ ދެވަނަ ހޯދައި އެގައުމު ވަނީ ވޯލްޑް ކަޕް ކޮލިފައިންއިން ޖާގަ ހޯދާފައެވެ.
ޔޫރަޕިއަން ކޮލިފައިންގެ ހުރިހާ މެޗެއް ކުޅެ ނިމިފައިވާ އިރު ޔުރަޕުން ރަޝިޔާގައި ބާޢްވާ ވޯލްޑްކަޕަށް ދަތުރު ކޮށްފައިވަނީ ބެލްޖިއަމް، އިންގްލެންޑް، ފްރާންސް، ޖާމަނީ، އައިސްލޭންޑް، ޕޮލަންޑް، ޕޯޗުގަލް، ރަޝީޔާ، ސާބިޔާ އަދި ސްޕެއިންއެވެ.
މީގެ އިތުރުން ކްރޯޝިޔާ، ޑެނެމާކް، ގްރީސް، އިޓަލީ، ނޮދާން އަޔަލެންޑް، ރިޕަބްލިކް އޮފް އަޔަލެންޑް، ސްވިޑަން އަދި ސްވިޒަލެންޑް ވަނީ ވޯލްޑްކަޕް ކޮލިފައިން ޕްލޭއޮފްއިން ޖާގަ ހޯދާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް