ފަލަސްތީނުގެ ބިމުގައި އިޒްރޭލުން އިތުރު 4000 އިމާރާތް އަޅަނީ

ފަލަސްތީނުގެ ބިމުގައި އިޒްރޭލުން އިތުރު 4000 އިމާރާތް އަޅަން ނިންމާފައިވާކަމަށް އިޒްރޭލު އޮފިޝަލަކު ހާމަކޮށްފި އެވެ. މިކަން ހާމަކުރި އޮފިޝަލް އޭނާގެ ނަން ހާމަކޮށްފައެއް ނުވެ އެވެ. ނަމަވެސް އޭނާ ބުނެފަ...

10 Oct 2017 | 23:38

ފަލަސްތީނުގެ ބިމުގައި އިޒްރޭލުން އިތުރު 4000 އިމާރާތް އަޅަން ނިންމާފައިވާކަމަށް އިޒްރޭލު އޮފިޝަލަކު ހާމަކޮށްފި އެވެ.

މިކަން ހާމަކުރި އޮފިޝަލް އޭނާގެ ނަން ހާމަކޮށްފައެއް ނުވެ އެވެ. ނަމަވެސް އޭނާ ބުނެފައިވަނީ އެ އިމާރާތްތައް އަޅަން ނިންމާފައިވަނީ ވެސްޓް ބޭންކް (އައްދިއްފަތުއް ގަރަބިއްޔާ) ސަރަހައްދުގައި ކަމަށެވެ. އަދި އެ އިމާރާތްތައް އަޅާނީ ވެސްޓް ބޭންކްގެ ހެބްރޯން ސިޓީ (އަލް ޚަލީލް) ގައި ކަމަށްވެސް އޭނާ ބުނެފައި ވެ އެވެ.

އޭނާ އިތުރަށް ބުނެފައިވަނީ އެ އިމާރާތްތަކުގައި 12 ހާސް ހައުސިން ޔުނިޓް ހިމެނޭ ކަމަށެވެ. ނަމަވެސް އެ މަސައްކަތް ފަށާނެ ވަކި ތާރީހެއް އޭނާ ހާމަކޮށްފައެއް ނުވެ އެވެ.

އަލް ޚަލީލް ސިޓީގައި ފަލަސްތީނުގެ ދެ ލައްކައަށްވުރެ ގިނަ ރައްޔިތުން ދިރިއުޅެ އެވެ. އެ ބިމަކީ އިބްރާހިމްގެ ފާނު ފަސްދާނު ލެވިފައިވާ ބިންކަމަށް ބައެއް ލިޔުންތަކުގައި ވެ އެވެ. (މައުލޫމާތު ކުށް ނޫންނަމަ)

ވެސްޓްބޭންކަށް އިޒްރޭލުން ވަޒަންވެރިވަމުން އަންނަ ގޮތަށް ބަލާލާއިރު 1967 ވަނަ އަހަރުން ފެށިގެން މިހާތަނަށް ހަތަރު ލައްކައަށްވުރެ ގިނަ ޔަހޫދީން އެ ސަރަހައްދުގައި ވަޒަންވެރިވެފައިވެ އެވެ. ވެސްޓްބޭންކްގައި ފަލަސްތީނުގެ އާބާދީ އުޅެނީ 2.6 މިލިޔަނަށްވުރެ މަތީގަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް