އެމެރިކާގެ ނިއުޔޯކުގެ ބާއެއްގައި އަންހެނަކާ ފޮށުނު ސޫދާނުގެ ޑިޕްލޮމެޓަކު ހައްޔަރުކޮށްފި އެވެ.
އެ ޑިޕްލޮމެޓުގެ މައްސަލަ ބަލަމުން އަންނަ ކަމަށް ސޫދާނުގެ ހާރިޖީ ވުޒާރާއިން ހާމަކޮށްފައިވާއިރު އެމެރިކާއިން ހާމަކޮށްފައިވާގޮތުގައި އެ ޑިޕްލޮމެޓްގެ ނަމަކީ ހަސަން ސޯލިހު އެވެ. އޭނާގެ އުމުރަކީ 36 އަހަރު ކަމަށާއި ބާގެ ތެރެއިން އޭނާ ފޮށުނީ 23 އަހަރުގެ އަންހެންކުއްޖަކާކަމަށް އެމެރިކާއިން ހާމަކޮށްފައި ވެ އެވެ.
މީޑިއާތަކުގައި ރިޕޯޓްކޮށްފައިވާގޮތުގައި ފުލުހުން ސޯލިހު ހައްޔަރުކުރީ އެ އަންހެންކުއްޖާއާ ފޮށުމުން، އެ އަންހެންކުއްޖާ އެކަން ރިޕޯޓް ކުރުމުން އަދި ރިޕޯޓް ކުރިކަން ސޯލިހު އަށް އެނގިގެން ފިލަން މަސައްކަތް ކުރަނިކޮށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް