ބޮލީވުޑް ބަތަލާ އައިސްވާރިޔާ ރާއި ބައްޗަން އާއި ރޮމޭންސް ކުރަން ޖެހޭތީ ކޮންމެވެސް ވަރަކަށް ފަސް ޖެހޭ ކަމަށް ފިލްމު ފަންނޭ ޚާންގެ ކޯ ސްޓަރ، އެކްޓަރު ރާޖު ކުމާރު ރާއޮ ބުނެފި އެވެ.
އޭނާ ބުނެފައިވަނީ ދުނިޔޭގެ އެންމެ ރީތި އަންހެނާ އާއި އެކު ރޮމޭންސް ކުރަން ޖެހޭތީ ހުރީ ފިނިވެފައި ކަމަށެވެ. ކޮންމެވެސް ވަރަކަށް ޖެހިލުންވާކަމަށެވެ.
އޭނާ މިހެން ބުނެފައިވަނީ މިހާރު ރިލީޒް ކުރުމަށް ތައްޔާރުވަމުން އަންނަ "ޝާދީ މޭ ޒަރޫރު އާނާ" ގެ ޓްރެއިލާ ލޯންޗު ކުރުމަށް ބޭއްވި ރަސްމިއްޔާތެއްގައި ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބު ދެމުންނެވެ.
ނޫސްވެރިޔާ ސުވާލުކުރީ ފަންނޭ ޚާންގައި އައިޝްވާރިޔާއާއެކު އެކްޓް ކުރަން ފުރުސަތު ލިބުމުން އިހުސާސްތަކަކީ ކޮބައިތޯ އެވެ.
ޖަވާބުގައި ރާޖް ކުމާރު ރާއޯ ބުނީ އަދި އައިޝްވާރިޔާއާއެ ފިލްމުގެ މަންޒަރުތައް ނަގަން ނުފަށާ ކަމަށާއި ނަމަވެސް ސްކްރިޕްޓް އެއްކޮށް ކިޔާ ނިމިއްޖެ ކަމަށެވެ. އަދި އައިޝްވާރިޔާއާއެކު ބައެއް ވޯކްޝޮޕް ސެޝަންތައްވެސް ކުރިއަށް ގެންދެވިއްޖެ ކަމަށެވެ.
"އެ ސްކްރިޕްޓްގަ ވާގޮތުން އަހަރެމެން ދެމީހުންގެ ދެމެދުގަ ލަވް އޭންގަލެއް އެބަ ހިމެނޭ، ނަމަވެސް އެކަމާ ފަސްޖެހޭގޮތްވެފަ މި ހުންނަނީ" ނޫސްވެރިޔާގެ ސުވާލަށް ޖަވާބުދެމުން ރާއޮ ބުނެފައި ވެ އެވެ.
އިއްޔެ ޓްރެއިލާ ލޯންޗުކުރި ޝާދީ މޭ ޒަރޫރު އާނާ، މި ފިލްމަކީ ރަތުނާ ސިންހާ ޑައިރެކްޓްކޮށްފައިވާ ރޮމްކޮމް ފިލްމެކެވެ.މި ފިލްމު އެޅުވުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 10 ވަނަ ދުވަހުގަ އެވެ.
ފިލްމު ފަންނޭ ޚާންގެ ޝޫޓިން ފަށާފައިވާއިރު އެ ފިލްމުގެ ތަރިންގެ ތެރޭގައި އައިޝްވާރިޔާ ރާއި ބައްޗަން، އަނިލް ކަޕޫރު އަދި ރާޖް ކުމާރު ރާއޮ ހިމެނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް