މިދިޔަ ހޯމަ ދުވަހު 11000 ރެފިޔުޖީން ބަންގްލަދޭޝްއަށް އެތެރެވެފައިވާ ކަމަށް އދގެ ރެފިއުޖީ އެޖެންސީން ބުނެފިއެވެ.
މިއަދަދު އިތުރުވެފައި މިވަނީ މިޔަންމާ ދޫކޮށް ބަންގްލަދޭޝްއަށް އެތެރެވާ ރޮހިންގާ ރެފިޔުޖީންގެ އަދަދު ދުވާލެއްގެ މައްޗައް އާންމުކޮށް 2000 އަށް ވެއްޓުމަށް ފަހުގައެވެ. މި އަދަދު މިއަށް ވުރެވެސް އިތުރު ވެދާނެ ކަމަށް ބެލެވޭތީ އދގެ ރެފިއުޖީ އެޖްންސީއިން އޮތީ ފުރިހަމައަށް ތައްޔާރުވެގެން ކަމަށް އދގެ ރެފިއުޖީ ހައި ކޮމިޝަނަރގެ ސްޕޯކްސް ޕާސަން އެޑްރިއަން އެޑްވާޑްސް ވަނީ ވިދާޅުވެފައެވެ.
މިޔަންމާ ދޫކޮށް ބަންގްލަދޭޝްއަށް އެތެރެވާ ރެފިއުޖީންގެ އަދަދު އިތުރުވާން މެދުވެރިވި ސަބަބެއް އަދި ކަށަވަރު ނުވާކަމަށް އެޑްވާޑްސް ވަނީ ވިދާޅުވެފައެވެ. އެހެން ނަމަވެސް މިޔަންމާ ދޫކޮށް ބަންގްލަދޭޝްއަށް އަށް އައީ މިޔަންމާގެ އަޝްކަރިއްޔާއިން އެމީހުންގެ ގެތަކުގައި ހުޅުޖަހައި މީހުން މަރަމުން ގެންދާތީކަމަށް އެމީހުން ބުނާކަމަށް އެޑްވާޑް ވަނީ ވިދާޅުވެފައެވެ.
މިހާތަނަށް މިޔަންމާ ދޫކޮށް ބަންގްލަދޭޝްއަށް ބައި މިލިޔަނަށް ވުރެ ގިނަ ރޮހިންގާ ނަސްލުގެ މުސްލިމުން ވަނީ ހިޖުރަ ކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް