މިރޭ ރާއްޖޭގެ ބޮޑު ބަޔަކަށް ކަނޑާއި ވައިގަދަވާނެ ކަމަށް ލަފާކޮށް ހުދު ސަމާލު ނެރެފި

މިރޭވެސް ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށްފި އެވެ. މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް މިހާރު ވައިޓް އެލާޓު ނެރެފައި އޮތީ ބ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއާ ދެމެދުގެ އަތޮޅުތަކަށެވެ. އ...

11 Sep 2026 | 14:40
މޫސުމަށް ސަމާލުވުމަށް މެޓުން އިލްތިމާސް ކުރޭ -- ދުވަސް ފޮޓޯ

މޫސުމަށް ސަމާލުވުމަށް މެޓުން އިލްތިމާސް ކުރޭ -- ދުވަސް ފޮޓޯ

މިރޭވެސް ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށްފި އެވެ.

މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް މިހާރު ވައިޓް އެލާޓު ނެރެފައި އޮތީ ބ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއާ ދެމެދުގެ އަތޮޅުތަކަށެވެ. އެއީ ހަވީރު 6:00 ން މިރޭ 11:00 އަށެވެ.

މެޓުން ބުނީ އެވަގުތުތަކުގައި އާންމު ގޮތެއްގައި ވައި ޖެހޭނީ ގަޑިއަކު 19 މޭލާއި 24 މޭލާއި ދެމެދުގެ ބާރުމިނުގައި ކަމަށެވެ. ވިލާގަނޑުގައި 40 މޭލަށް ވައި ގަދަވާނެ ކަމަށް ލަފާ ކުރެ އެވެ.

ހުރިހާ ސަރަހައްދެއްގެ ކަނޑުތައްވެސް ގަދަވާނެ ކަމަށް މެޓުން ލަފާކުރެ އެވެ.

ރާއްޖެ ސަރަހައްދަށް ހުޅަނގު މޫސުމުގެ ބާރު ގަދަވެ އިއްޔެ ރެއިން ފެށިގެން ދަނީ ބޮޑު ބަޔަކަށް ބޯކޮށް ވާރޭވެހެމުންނެވެ. އަދި ހުރިހާ ސަރަހައްދެއްގެ ކަނޑުތައްވެސް ގަދަ އެވެ.

މިއަދު މެންދުރު އައްޑޫ އަދި ފުވައްމުލަކު ސިޓީއަށް ބޯކޮށް ވާރޭވެހި ފެންބޮޑުވާނެތީ އޮރެންޖު އެލާޓު ނެރުނެވެ. އެ ވަގުތުގައި އައްޑޫ ސިޓީ 30 ގެއެއްގައި ފެންބޮޑުވެ ގެއްލުން ލިބުނު އިރު އެއް އާއިލާ ވަނީ ވަގުތީ ހިޔާއަށް ބަދަލުކޮށްފައި އެވެ.

މެޓާއި އެމްއެންޑީއެފް ކޯސްޓްގާޑުން ވަނީ މޫސުމަށް ސަމާލުވުމަށް އިލްތިމާސްކޮށްފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް