ޔޫއޭއީ އާއި އޮތް ހާރިޖީ ގުޅުން އަލްޖީރިއާއިން ވަނީ ކަނޑާލާފައި --
އަލްޖީރިއާއިން ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އާ އެކު އޮތް ހާރިޖީ ގުޅުން ކަނޑާލައިފި އެވެ.
އިއްޔެއިން ފެށިގެން ހާރިޖީ ގުޅުން ކަނޑާލަން ނިންމީ ވަރަށް ބޮޑަށް ވިސްނުމަށް ފަހު ގިނަ ގޮތްގޮތުން މަޝްވަރާ ކުރުމަށް ފަހު ހައްލެއް ދެ ބަސްވެވޭ ކަންކަމަށް ހައްލު ނައުމުން ކަމަށް އަލްޖީއިރިއާގެ ފޮރިން މިނިސްޓްރީން ބުނެފައިވެ އެވެ. އެ ގައުމުން ވަނީ ނިންމުމަށް ފުރިހަމައަށް އަމަލު ކުރުމަށް 48 ގަޑިއިރުގެ މުހުލަތެއް ޔޫއޭއީ ސަފީރަށް ދީފައި އެވެ.
އަލްޖީރިއާއިން ބުނީ ހާރިޖީ ގުޅުން ކަނޑާލުމާއި އެކު ވިޔަފާރިއާ މަދަނީ އަދި އަސްކަރީ ގުޅުންވެސް ކެނޑުނީ ކަމަށެވެ. އެގޮތުން ރޭ 12:00 ން ފެށިގެން ޔޫއޭއީގައި ރަޖިސްޓްރީކޮށްފައިވާ އެއްވެސް މަތިންދާ ބޯޓަކަށް އަލްޖީރިއާގެ ވައިގެ ސަރަހައްދު ބޭނުން ނުކުރެވޭނެ ކަމަށް ބުނެފައިވެ އެވެ.
ނަމަވެސް މި ނިންމުމުން އަލްޖިއާޒްގެ ހޯއަރީ ބޫމެދިއަން ބައިނަލްއަޤްވާމީ އެއާޕޯޓަށް ކުރާ ޔޫ.އޭ.އީ ގެ ކޮމާޝަލް މަދަނީ ދަތުރުތައް އިސްތިސްނާކޮށްފައިވެ އެވެ.
ރިޕޯޓުތައް ބުނާގޮތުގައި އަމްޖީރިއާއިން ޔޫއޭއީއާ ހާރިޖީ ގުޅުން ކަނޑާލަން ނިންމީ އިޒްރޭލާއެކު އޮންނަ ގުޅުމާއި މެދު ހިތްހަމަ ނުޖެހިގެންނާއި މޮރޮކޯ އާއި އަލްޖީރިއާއިން ހިޔާލުތަފާތުން ބޮޑުވެ، ވަކާލާތު ކުރަމުންދާ ބިމުގެ ސަރަހައްދެއްގެ މައްސައިގަ ޔޫއޭއީން މޮރޮކޯ ފަޅިއަށް އެރުމުންނެވެ.
އަދި އެފްރިކާ އާއި މެދުއިރުމަތީގެ ގައުމުތައް ކަމަށްވާ ސޫދާން، ލީބިއާ އަދި މާލީ ފަދަ ގައުމުތަކުގެ އަމިއްލަ މަސްލަހަތާއި ގުޅުން ހުރި ކަންކަމައި ޔޫއޭއީން ފާޑޫކިޔައި ބެހޭތީ ކަމަށްވެ އެވެ،
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް