މޫސުން ވަރަށް ބޮޑަށް ގޯސްވެ، އައްޑޫ އާއި ފުވައްމުލަށް ސިޓީއަށް އޮރެންޖު އެލާޓު ނެރެދި

އައްޑޫ ސިޓީ އާއި ފުވައްމުލަށް ސިޓީއަށް އޮރެންޖު އެލާޓު ނެރެފި އެވެ. މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނީ އެ ދެ ސިޓީ ހިމެނޭ ސަރަހައްދަށް މިއަދު ބޯކޮށް ވާރޭވެހި ގުރުރާނެ ކަމަށެވެ. އަދި ފެންބޮޑުވާނެ ކަމަށް...

11 Sep 2026 | 06:57
އައްޑޫ ސިޓީ ފޭދޫއަށް މީގެ ކުރިން ބޯކޮށް ވާރޭވެހުނު ދުވަހެއް -- ފޮޓޯ: އައްޑޫ ލައިވް

އައްޑޫ ސިޓީ ފޭދޫއަށް މީގެ ކުރިން ބޯކޮށް ވާރޭވެހުނު ދުވަހެއް -- ފޮޓޯ: އައްޑޫ ލައިވް

އައްޑޫ ސިޓީ އާއި ފުވައްމުލަށް ސިޓީއަށް އޮރެންޖު އެލާޓު ނެރެފި އެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނީ އެ ދެ ސިޓީ ހިމެނޭ ސަރަހައްދަށް މިއަދު ބޯކޮށް ވާރޭވެހި ގުރުރާނެ ކަމަށެވެ. އަދި ފެންބޮޑުވާނެ ކަމަށް ލަފާކުރެވޭ ކަމަށް ބުނެފައިވެ އެވެ.

އޮރެންޖު އެލާޓު ނެރެފައިވަނީ ހެނދުނު 11:45 ން މެންދުރު 1:00 އާއި ހަމައަށެވެ.

މެޓުން ބުނީ އޮރެންޖު އެލާޓު ނެރެފައިވަނީ ބޯކޮށް ވާރޭވެހުމުގެ ސަބަބުން ފެންބޮޑުވާނެ ކަމަށް ލަފާ ކުރެވޭތީ ކަމަށެވެ.

މީގެ ކުރިންވެސް ވިއްސާރައިގަ އައްޑޫ އަދި ފުވައްމުލަކު ސިޓީގައި ވަރަށް ބޮޑަށް ފެންބޮޑުވެފައިވެ އެވެ. އެ އަހަރުތަކުގައި ގޭގެއަށް ފެންވަދެ ހިފާ ގެންގުޅޭ ސާމާނާއި އިލެކްޓްރޯނިކްސް އާލާތްތައް ހަލާކުވެފައިވެ އެވެ.

އޮރެންޖް އެލާޓަކީ މެޓް އޮފީހުން މޫސުން ލަފާކޮށް ނެރޭ އެލާޓް ލެވެލް ތިނެކެވެ. މިއީ މާބޮޑަށް މޫސުން ގޯސްވުމުން ނެރޭ އެލާޓެކެވެ. އޮރެންޖް އެލާޓް ނެރުމަކީ ރާއްޖޭގައި ވަރަށް މަދުން ނޫނީ ނުކުރާ ކަމެކެވެ.

މީގެ އިތުރުން ދެކުނުގެ އަތޮޅުތަކުގެ ތެރެއިން ގއ. އާއި ގދ އަތޮޅަށް މެންދުރު 2:00 އާއި ހަމައަށް އޮތީ ރީނދޫ އެލާޓު ނެރެފައި އެވެ. އަދި ބ. އަތޮޅުން ފެށިގެން ތ. އަތޮޅާއި ހަމައަށް ހަވީރު 6:00 އާއި ހަމައަށް އޮތީ ވައިޓް އެލާޓު ނެރެފައި އެވެ.

މެޓުން ވަނީ އަންނަ އަންގާރަ އާއި ހަމައަށް ރާއްޖޭގެ މޫސުން ގޯސްވާނެ ކަމަށް ލަފާ ކޮށްފައި އެވެ. މިހާރު ރާއްޖެއަށް ކުރަމުން މިދަނީ ހުޅަނގު މޫސުމުގެ ވިއްސާރަކަށް މޫސުމާއި ބެހޭ އިދާރާއިން ލަފާ ކުރެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް