ބޯޓުތައް ޖެހުމުން ސިނަމާލޭ ބްރިޖަށް ގެއްލުން ލިބުނުތޯ ބަލަނީ

ރޭ އުރުނު ތެޔޮ ބޯޓު ތަކުން ޖެހި ސިނަމާލޭ ބްރިޖަށް ގެއްލުން ލިބުނުތޯ ބަލަން ފަށައިފި އެވެ. ދޫނިދޫ ކައިރީ އަޅާފައޮތް ދެ ތެޔޮ ބޯޓުގެ ނަގިލި ކަނޑައިގެން ގޮސް އޮޔާދާން ފެށީ ރޭ ވިއްސާރައާއި އެކު ޖެހުނު ގަދަ...

11 Sep 2026 | 06:43
ރޭ އުރުނު ދެ ބޯޓު --

ރޭ އުރުނު ދެ ބޯޓު --

ރޭ އުރުނު ތެޔޮ ބޯޓު ތަކުން ޖެހި ސިނަމާލޭ ބްރިޖަށް ގެއްލުން ލިބުނުތޯ ބަލަން ފަށައިފި އެވެ.

ދޫނިދޫ ކައިރީ އަޅާފައޮތް ދެ ތެޔޮ ބޯޓުގެ ނަގިލި ކަނޑައިގެން ގޮސް އޮޔާދާން ފެށީ ރޭ ވިއްސާރައާއި އެކު ޖެހުނު ގަދަ ވަޔާއި އެކު އެވެ. ދެ ބޯޓު އޮޔާ ގޮސް ސިނަމާލޭ ބްރިޖު ކައިރިއަށް އުރުނު އިރު އޭގެ ތެރެއިން އެއް ބޯޓު ބްރިޖުގައި ޖެހި ބޯޓުގެ ދިގު ހޮޅިދަނޑިތަކެއް ބިންދައިގެންދާތަން އާންމުވި ވީޑީއޯތަކުން ފެނެ އެވެ.

މި ހާދިސާ އާއި ގުޅިގެން

އެންވަޔަމެންޓަލް ރެގިއުލޭޓަރީ އޮތޯރިޓީ (އީއާރުއޭ)ގެ ސީއީއޯ ހައްސާން މުހައްމަދު މިއަދު މީޑިއާގައި ވިދާޅުވީ، މި ހާދިސާގެ ކަންކަން އެ އިދާރާއިން ބަލަމުން އަންނަ ކަމަށެވެ. އެގޮތުން، ބޯޓުތައް ފަރަށް އެރުމާ ގުޅިގެން ލިބުނު ގެއްލުން ބަލާނެ ކަމަށް ހައްސާން ވިދާޅުވިއެވެ. އޭގެ ތެރޭގައި ބްރިޖަށް ގެއްލުން ވެފައިވޭތޯވެސް ބަލާނެ އެވެ.

ބްރިޖަށް ގެއްލުންވެފައި ހުރިތޯ ބެލުމަށް ސިނަމާލެ ބްރިޖު ބަލަހައްޓާ ޗައިނާ ހާބާ އިންޖިނިއަރިން ކޮމްޕެނީ (ސީއެޗްއީސީ)ގެ މަސައްކަތްތެރިން، ދަނީ ހަރަކާތްތެރިވަމުންނެވެ. ނަމަވެސް މިހާތަނަށް އެއްވެސް އިދާރާއަކުން ތަފްސީލް ހާމައެއް ނުކުރެ އެވެ.

ރޭ އުރުނު ދެ ބޯޓަކީ ކަސްޓަމްސްގެ ބެލުމުގެ ދަށުގައި ހުރި ބޯޓުތަކެއް ކަމަށް އެމްއެންޑީއެފުން ބުނެފައިވެ އެވެ. އެ އިދާރާއިން ބުނީ ހާދިސާގެ ރިޕޯޓު ކުރުމާއި އެކު ބޯޓުތަކުގައި ތިބި މީހުން ސަލާމަތް ކޮށްފައިވާ ކަމަށެވެ.

މިކަމާ ގުޅޭގޮތުން ކަސްޓަމްސްއިން އަދި އެއްޗެއް ނުބުނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް