ބޯޓު ސިނަމާލޭ ބްރިޖު ކައިރިއަށް އުރިފައި --
ސިނަމާލޭ ބްރިޖު ކައިރިއަށް ރޭ އުރުނީ ކަސްޓަމްސްގެ ބެލުމުގެ ދަށުގައި އޮތް ބޯޓުތަކެއް ކަމަށް އެމްއެންޑީއެފުން ބުނެފި އެވެ.
ދޫނިދޫ ކައިރީ އަޅާފައޮތް ދެ ތެޔޮ ބޯޓުގެ ނަގިލި ކަނޑައިގެން ގޮސް އޮޔާދާން ފެށީ ރޭ ވިއްސާރައާއި އެކު ޖެހުނު ގަދަ ވަޔާއި އެކު އެވެ. ދެ ބޯޓު އޮޔާ ގޮސް ސިނަމާލޭ ބްރިޖު ކައިރިއަށް އުރުނު އިރު އޭގެ ތެރެއިން އެއް ބޯޓު ބްރިޖުގައި ޖެހި ބޯޓުގެ ދިގު ހޮޅިދަނޑިތަކެއް ބިންދައިގެންދާތަން އާންމުވި ވީޑީއޯތަކުން ފެނެ އެވެ.
މިކަމާއި ގުޅިގެން އެމްއެންޑީއެފުން މީޑިއާގައި ބުނީ އެ އިދާރާއިން ކުރިއަށް ގެންދިޔައީ ބޯޓުގައި އެ ވަގުތު ތިބި މީހުން ސަލާމަތް ކުރުމުގެ މަސައްކަތް ކަމަށެވެ. އެ އެންމެން ސަލާމަތްކޮށް، ކަސްޓަމްސްއާ ހަވާލުކުރުމުގެ މަސައްކަތް ކުރިއަށް ގެންދާ ކަމަށް ބުނެފައިވެ އެވެ.
އެމްއެންޑީއެފުން ބުނީ ބޯޓުތަކަކީ ކަސްޓަމްސްގެ ކޮންޓްރޯލްގެ ދަށުގައި އޮތް ދެ ބޯޓު ކަމުގައި ވާތީ ބޯޓާ ބެހޭ ގޮތުން މައުލޫމާތު ދޭނީ ކަސްޓަމްސް އިން ކަމަށެވެ.
މި ބޯޓުތަކާއި ގުޅޭ އެއްވެސް މައުލޫމާތެއް ކަސްޓަމްސްއިން އަދި ހާމައެއް ނުކުރެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް